ޔާމީނަށް ކޮށްފައިވާ ހުކުމް އަންނަ ހަފްތާގައި އިސްތިއުނާފަށް ހުށަހަޅަނީ

އަންނަ ހަފްތާގެ ތެރޭގައި ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިިއުނާފަށް ހުށަހެޅޭނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަންނަ ހަފްތާގެ ތެރޭގައި ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމް އިސްތިިއުނާފަށް ހުށަހެޅޭނެ ކަމަށް ޖަމީލު ވަނީ ވިދާޅުވެފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ފެށޭ ހަފްތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ތެރޭގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. ޖަމީލް ވަނީ ރައީސް ޔާމީނުގެ ޝަރީއަތުގެ ރިޕޯޓު ލިބުން ލަސްވިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި، އެތައް ދުވަހެއް ފަހުން ލިބުނު އެ ރިޕޯޓަކީ މައްސަލައެއް ނެތް ރިޕޯޓެއް ކަމަށް ބަލާ އިސްތިއުނާފަށް ހުށަނޭޅޭނެ ކަމަށާއި، ރިޕޯޓު ރަނގަޅަށް ބެލުމަށް ދުވަސް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އަތަށް ވެސް ގިނަ ރިޕޯޓްތަކެއް އަރައިފި. އެކަމަކު މި ރިޕޯޓްގައި އެބަހުރި އެެހެންޏާ އެހެން ރިޕޯޓަކުން ނުފެންނަ ކަހަލަ އާދަޔާ ހިލާފު ކަންތައްތަކެއް. އެކި ތަންތަނުގައި އެކި ކަންތައް އައިސްފައި އޮތުމާއި، އެއް ކަމަކަށް ތަފާތު ހުއްޖައްތަކެއް އައިސްފައި އޮތުމުން އެބަ އިނގޭ މިއީ ވަރަށް ގޯސްކޮށް އޮތް ރިޕޯޓެއްކަން،" ރައީސް ޔާމީނުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު އޮތް ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ޑރ. ޖަމީލް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލް ވަނީ މި އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފަ އެވެ.

ޔާމީންގެ މައްސަލާގައި ކޯޓުން އަމަލުކޮށްފައިވާ ގޮތަކީ މިހާތަނަށް ޖިނާއީ މައްސަލައަކާއި ގުޅިގެން އަމަލުކުރި ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ނުލިބި އެތައް ދުވަހެއް ވެގެން ދިއުމާއި، އެމަނިކުފާނަށް ތާއިދުކުރާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ނިކުމެ ރިޕޯޓު ނުލިބިގެން އިހްތިޖާޖު ކުރަން ޖެހުނުކަން ޖަމީލް ފާހަގަކުރެއްވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ކަފާލާތުގެ ދަށުން މީހަކު މިނިވަން ކުރާއިރު، ކުރެވޭ ތުހުމަތާއި އިސްތިއުނާފުގައި ހުރި ބުރަދަނާއި އެ މީހެއްގެ ގާނޫނީ ނުކުތާތަކުގެ މައްޗަށް ބެލޭނެ ކަމަށާއި، މި ހުކުމްކުރި ގޮތަށް ބަލާއިރު ހައިކޯޓުން މި ހުކުމް ގަބޫލު ނުކުރާނެކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށްވާއިރު އެމަނިކުފާނުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައި ވަނީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

ޔާމީންއަކީ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓެވެ. ނަަމަވެސް، ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ޔާމީނަށް މިވަގުތަށް ވަނީ ގެއްލިފަ އެވެ. އެކަމަކު އިދިކޮޅުން ބުނަނީ ޔާމީން ނޫން ބޭފުޅަކު ޕީޕީއެމުން ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox