މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު މުހައްމަދު ފަޒީން ހަމަޖައްސައިފި އެވެ.
އޭނާ އެ މަގާމަށް ހަމަޖައްސާފައި ވަނީ އެ މަގާމުގައީ މީގެކުރިން ހުންނި އަހްމަދު ގައިސް މި މަހުގެ 9 ގައި އިސްތިއުފާ ދެއްވަމުންނެވެ.
އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އެމްޑިޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭނަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުންނެވެ.
ގައިސް އިސްތިއުފާ ދެއްވުމުން، ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
މި މަގާމަށް އެދި ފޯމު ހުށައެޅޭނީ މިމަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.













