މަހަށް ހަމަ އަގު ހޯދަން ދެ ރައީސުން ޖައްސަވާ ހިސާބު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު؛ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވަނީ މަހުގެ ހަމަ އަގު ހެޔޮ ކުރާނެ ގޮތް ހާމަކުރައްވާފައި--

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު؛ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވަނީ މަހުގެ ހަމަ އަގު ހެޔޮ ކުރާނެ ގޮތް ހާމަކުރައްވާފައި--

ވެރިކަން ކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ މަރަދޫއަށް ވަޑައިގެންނެވުމުން މަސްވެރި އެ ރަށު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވީ މަހަށް ހަމަ އަގު ނުލިބުމެވެ.

އެ ޝަކުވާއަށް ރައީސް ދެއްވީ އާދައިގެ މަތީން ދެއްވާ ޖަވާބެވެ؛ އެމްޑީޕީއަށް މަސްވެރިން މުހިންމު ކަމެވެ. މި ސަރުކާރުން މަސްވެރިން ދޫކޮށްނުލާނެ ކަމުގެ ޔަގީން ކަމެވެ.

"[ކަންބޮޑުވުންތައް އެބަހުރި] މަސްވެރި ބައެއް ރަށްރަށުގައި އެހެންނަމަވެސް ހަގީގަތަކީ އަޅުގަނޑުމެންނަށް މިވަގުތު އިގުތިސޯދީ ހާލަތުގައި ކުރެވެން އޮތް ގޮތް [މިއީ]،" ކޮވިޑާއި ރަޝިއާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް ނުރަނގަޅު އަސަރު ކޮށްފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: އެމްޑީޕީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ--- ފޮޓޯ: އެމްޑީޕީ

ރައީސް ވިދާޅުވީ ސަބްސިޑީ ދީގެން، މަސްވެރިންނަށް ސަރުކާރުން މިހާރު ވެސް ތެޔޮ ވިއްކަމުން ދަނީ ނުބައްދަލު އަގެއްގައި ކަަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް މަސް ވިއްކަމުން ދަނީ ގެއްލުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރަށް މަސް މި ވިއްކަނީ ގެއްލުމުގައި، މި އަށް ވުރެ ބޮޑުކޮށް މަސް މިވަގުތު ގަނެފިއްޔާ ގެއްލުން ފޫބައްދަން ޖެހޭނީ ހަމަ ތިބޭފުޅުން ދެއްވާ ޓެކްސްއިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުންނަމަ، މިކަމަށް ހައްލެއް ލިބެން އޮތީ ރަށްރަށުގައި ގާއިމްކުރާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް އަވަސް މުސްތަގުބަލެއްގައި ބޭނުން ކުރެވެން ފަށައިގެންނެވެ.

"މަސްވެރިންނަށް މިއަށް ވުރެ ރަނގަޅު އަގެއް ލިބޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން، ދެން ރައީސް ފާހަގަކުރެއްވީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަންކަމެވެ؛ ޑިސްކައުންޓު ރޭޓުގައި އެސްޓީއޯއީން ތެޔޮ ހަމަޖައްސައިދިނުމާއި ކްރެޑިޓަށް އެކަން ކޮށްދިނުމެވެ.

އެކަންކަން ވެސް ލަސްތަކެއް ނުވެ ވެގެން ދާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.

ނަޝީދުގެ ވިސްނުން ތަފާތު

އެހެންނަމަވެސް ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުން މިކަމުގައި ވަރަށް ތަފާތެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި، ރާއްޖެއިން ބޭރަށް ރޯމަސް ބޭރުކުރާހާ ހިނދެއްގައި މަހަށް ލިބެންވާ "ހަމަ އަގު" ނުލިބޭނެ އެވެ.

"މިއަދު މަސް ޓަނެއް މި ވިއްކޭ އަގަކީ އެއްގޮތަކަށް ވެސް އެކަން ވާން އޮތް އަގެއް ނޫން، މަސް ރަނގަޅު އަގުގައި ނުވިއްކުނީމާ، އަޅުގަނޑުމެންނަށް ޖެހިފައި ހުރި ހިސާބުގައި މަހުގެ އަގަކީ ކަޅުބިލަމަސް ކިލޯއެއް 25 ރުފިޔާއަށް ވިއްކޭ ގޮތް ވުން،" މިދިޔަ ހަފްތާ ބަންދުގައި މ. ދިއްގަރަށް ވަޑައިގެން ނަޝީދު ވިދާޅުވި އެވެ.

ޔޫރަޕުގައި ރޯމަސް ކިލޯއެއްގައި 400 އަށް ވެސް ނުލިބޭކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މިއީ މަސްވެރިން މަސްކިރާ ބޯޓު ފަހަރަށް 17 ރުފިޔާއަށް ވިއްކާ މަސްކިލޯ ކަމަށެވެ.

ނަޝީދު ވިދާޅުވީ 1980ގެ އަހަރުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ރޯމަސް އެކްސްޕޯޓު ކުރަން ފެށުމުގެ ކުރިން އެކަން ކުރަމުން އައީ މަސްކައްކާ ހިއްކައިގެން ކަމަށެވެ.

ރައީސް ނަޝީދު މ. ދިއްގަރުގައި މަސްކައްކާ ގެއެއްގައި-- ފޮޓޯ: އަންނި2023
ރައީސް ނަޝީދު މ. ދިއްގަރުގައި މަސްކައްކާ ގެއެއްގައި-- ފޮޓޯ: އަންނި2023

ރައީސް ނަޝީދު މ. ދިއްގަރުގައި މަސްކައްކާ ގެއެއްގައި-- ފޮޓޯ: އަންނި2023

"މަސް ކައްކާއިރު މަސް ޓަނަކުން ރިހާކުރަން އެކަނި އެބަނެގޭ 20 ޓަނު އެއީ 20 ހާސް ރުފިޔާ، ރޮލާ ބޭރުކޮށްލީމާ އެފައިސާ ދިޔައީ، މަސްކުނޑިއަށް އެބަނެގޭ 10 ހާސް ރުފިޔާ ޓަނަކުން ކިލޯއަކަށް 10 ރުފިޔާ، ރޮލާ ވިއްކާލީމާ އެބައިވެސް ދިޔަ،" ނަޝީދު ވިދާޅުވި އެވެ.

އެހެންކަމުން ދެން ވެސް އެކަމަށް އޮތް ހައްލަކީ ރޯމަސް އެކްސްޕޯޓު ކުރުމުގެ ބަދަލުގައި "ގޭދޮށު މަސްފެކްޓަރީ"ތައް ގެނެސް، މަސްކައްކައިގެން އެކްސްޕޯޓުކުރުން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox