ފޭދޫގައި މުޒާހަރާ ރޫޅާލި ގޮތް؛ ލޯކަލް ރިވިއުއެއް ހަދަނީ

އައްޑޫ ސިޓީ ފޭދޫގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން އެ އެއްވުން ރޫޅާލާ ވީޑިއޯގެ ސްކްރީން ޝޮޓެއް - ވީޑިއޯ؛ ޒާހިދު ކްރިއޭޓާ ޓްވިޓާ

އައްޑޫ ސިޓީ ފޭދޫގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަމުން ދަނިކޮށް ފުލުހުން އެ އެއްވުން ރޫޅާލާ ވީޑިއޯގެ ސްކްރީން ޝޮޓެއް - ވީޑިއޯ؛ ޒާހިދު ކްރިއޭޓާ ޓްވިޓާ

އައްޑޫ ސިޓީ ފޭދޫއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ވަޑައިގަތް ވަގުތު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން އެއްވެ ކުރަމުން ދިޔަ މުޒާހަރާ ރޫޅާލުމުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުން އަމަލުކުރި ގޮތުގެ މައްޗަށް "ލޯކަލް ރިވިއު" އެއް ހަދަން ފަށައިފި އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި އެއްވެ ތިބި ސަޕޯޓަރުންނާ ދިމާއަށް ފުލުހުން ޕެޕަ ސްޕްރޭ ޖަހައި، ބާރުގެ ބޭނުންކުުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދިޔައީ ދައުރުވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޕޮލިސް މީޑީއާ ޔުނިޓްގެ ހެޑް ފާތިމަތު ނަޝްވާ "އަދަދު" ނޫހަށް ވިދާޅުވީ އައްޑޫ ޕޮލިސް ޑިޕާޓްމަންޓުން އޭގެ މައްޗަށް ލޯކަލް ރިވިއުއެއް ހަދަމުންދާ ކަމަށެވެ.

ރިވިއު ނިންމުމަށް ފަހު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްއަށް ފޮނުވާނެ އެވެ. މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކޮށްފައިވާނަމަ، އެ ކަމާ މެދު ފިޔަވަޅު އެޅުމުގައި ގޮތެއް ނިންމާނީ ވެސް ޕްރޮފެޝަނަލް ސްޓެންޑަޑް އިންނެވެ.

އެނގިފައިވާ ގޮތުގައި، ރައީސް ސޯލިހު ފޭދޫ ބަނދަރަށް ވަޑައިގަތް ވަގުތު އެ ސަރަހައްދަށް އެއްވެ ތިބި އިދިކޮޅު ސަޕޯޓަރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެއްޖެނަމަ ލައުޑް ސްޕީކަރުން ފުލުހުން ދިޔައީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެމުންނެވެ. އަދި ފުލުހުންނާއި، މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ކަމަށް އެނގިފައިވެ އެވެ.

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި ކަމަށް ކްރިމިނަލް ކޯޓުގައި ކަނޑައެޅުމަށް ފަހުގަ އެވެ.

އޭގެ ފަހުން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. މާލޭގައި ވެސް ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން ދަނީ މުޒާހަރާކުރަމުންނެވެ. މާލޭގައި އެއްވުން ގާނޫނުން މަނާކޮށްފައި އޮންނައިރު، ކޮންމެ ރެއަކު ވެސް މުޒާހަރާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ފަހުން ދޫކޮށްލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox