ރައީސް ވިދާޅުވަނީ އަލުން މަގުމަތިވުމާއި ވެރިކަން ދެމެހެއްޓުމާ ދެމެދު ގޮތެއް ނިންމާނީ ޕްރައިމަރީން ކަމަށް

މަރަދޫ ކެމްޕެއިނު ޖަގަހަ ހުޅުވުމަށް ފަހު ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

މަރަދޫ ކެމްޕެއިނު ޖަގަހަ ހުޅުވުމަށް ފަހު ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް އޮތީ ވެރިކަން ދެމެހެއްޓުން ނުވަތަ އަލުން އެނބުރި މަގުމަތިވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަރަދޫ ކެމްޕެއިނު ޖަގަހަ ހުޅުވައިދިނުމަށް ފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ނިންމާނީ ހަމައެކަނި ރިޔާސީ ކެންޑިޑޭޓު ނޫން ކަމަށާއި މިއީ އެމްޑީޕީއަށް ވެރިކަން ދެމެހެއްޓޭނެތޯ ނުވަތަ ނޫންތޯ ނިންމާނެ އިންތިހާބެއް ކަމަށެވެ.

"ހުރިހާ ވިސްނުމެއް ހުންނަން ވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް، މިއަދު މި ނިންމާ ނިންމުމުން އެއަށް އަސަރު ކުރާނެ،" ވެރިކަން ދެެމެހެއްޓެން އޮތީ އެމަނިކުފާނާއެކު ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމްޑީޕީއަކީ ކިތަންމެ ބޮޑު ޕާޓީއެއް ނަމަވެސް އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ ނަންބަރު ނެތް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި, އެ މަންޒަރު މީގެ ކުރިން ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގައި ވެސް ފެނިގެން ދިޔަ ކަމަށް ވިދާޅުވި އެވެ.

"ވެރިކަން ކާމިޔާބު ކުރެވެން އޮތީ އެމްޑީޕީއާއި އެމްޑީޕީ ނޫން އެހެން ބައެއްގެ ތާއީދާއި އެހީތެރިކަން ލިބިގެން، އަޅުގަނޑުމެންނަށް ދެވިދާނެ 48 ޕަސެންޓާ ހަމައަށް ވެސް، ދެވިފައި ވެސް އެބަހުރި،" ވެރިކަމަށް ވަޑައިގެންނެވެން އޮތީ ކޯލިޝަނާއެކު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

ރައީސް ދެެން ހަނދާން އާ ކުރެއްވީ 2013 ވަނަ އަހަރު އެމްޑީޕީއިން ގިނިކަންޏާ އިންތިހާބުގައި ވާދަކޮށް، ކުޑަ ތަފާތަކުން ނަމަވެސް ނާކާމިޔާބުވުމުން ކުރިމަތިލާން ޖެހުނު ކަންކަމެވެ.

"[މެންބަރުން] މަގުމަތިވެ، 2013 އިން ފެށިގެން 2018 ވަނަ އަހަރަށް ރައްޔިތުން އުޅެން އެ ޖެހުނު ބިރުވެރިކަމާއި ނާމާން ކަން އަޅުގަނޑުމެން މިއަދުވެސް ހަނދާން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލާއިރު އެމްޑީޕީ މެންބަރުންގެ ކުރިމަތީގައި އޮތީ ދެ ގޮތް ކަމަށެވެ؛ އިންތިހާބުން ބަލިވެ އެނބުރި މަގުމައްޗަށް ދިއުން ނުވަތަ މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއެކު ކުރިއަށް ދިއުމެވެ.

މީގެ ކުރިން ވެސްް ވެރިކަން ބަދަލުވުމުން އެތައް މަޝްރޫއެއް ހުއްޓިގެން ދިޔަކަން ފާހަގަކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެކަން އެގޮތަށް ވިޔަ ނުދިނުމަށް ރިޔާސީ އިންތިހާބު އެމަނިކުފާނު ކޮންމެހެން ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ.

"އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަކީ ވަރަށް ބޭނުންތެރި ވަރަށް މުހިންމު ކަމެއް، އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަކިވަކި ފަރުދުންގެ ނިންމުމަށް ވުރެ، ޕާޓީގެ ނިންމުމަށް ވުރެ ބޮޑަށް ގައުމީ މަސްލަހަތުގައި ނިންމަން ޖެހިފައި އޮތް ނިންމުމެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތަކުގެ ބޭނުންޖެހިފައިވާ ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރަން ޖެހޭ ކަން ފާހަގަކުރައްވައި އިންތިހާބު ބޮޑު ތަނުން ނަގާނެ ކަމަށް ވިދާޅުވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފަ އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވާނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ކޯލިޝަން ހެދުމަށް ދެކޮޅު ހައްދަވާ ނަޝީދާ ދެކޮޅަށް އިންތިހާބު ކާމިޔާބު ވާނެ ކަމަށް ރައީސް އެންމެ ބޮޑަށް ޖައްސަވާ ހިސާބަކީ ކޯލިޝަނަކާ އެކު އިންތިހާބަށް ކުރިމަތިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox