ރައީސް ވިދާޅުވީ ސާކް ސަމިޓަށް އައްޑޫއަށް ގެނައީ "އުފުރާލެވޭ' ތަރައްގީ ކަމަށް

ރައީސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

ރައީސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ ކުރިއަށް ކެމްޕޭން ޓީމް

ވެރިކަަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފުރަތަމަ ސަރުކާރު ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ގައި، އައްޑޫ ސިޓީގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އެ ސިޓީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް އޮތީ މިއިން ޒަމާނެއްގައި އަޅާނުލެވި ކަމަށެވެ.

ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރެވޭތޯ ބެލިނަމަވެސް، އެއިން ކޮންމެ ކަމެއް ކޮށްފައި ހުރީ ވަގުތީ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކަމަށް ރައީސް ނެންގެވީ ސާކް ސަމިޓަށް ވީ ތައްޔާރީތަކުގެ މިސާލެވެ.

"ސާކް ސަމިޓު ނިމިގެން ދިޔައިރުގައި ވެގެން ދިޔަ ގޮތް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އެތާ ހުރި ގޮނޑިކޮޅާ އެއްޗެހި ހިފައިގެން އޭރުގެ ސަރުކާރުން [މާލެ] ދިޔައީ،" ނަޝީދުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގެންނަނީ "އުފުރާލައިގެން" ގެންދެވޭ ފަދަ ތަރައްގީ ނޫން ކަމަށާއި ދާއިމީ ތަރައްގީ ކަމަށެވެ.

އައްޑޫ ސިޓީއަށް މިފަދަ ބޮޑު ތަރައްގީއެއް ގެނެސްދިން އިތުރު ސަރުކާރެއް މިހާތަނަށް އައިސްފައިވާ ކަމަށް ލިޔެކިޔުންތަކުން ނުފެންނަ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ އިއްޔެ ވެސް ސާކް ސަމިޓަށް އައްޑޫއަށް މަގުހެދުމުގައި އަމަލު ކުރި ގޮތަށް ފާޑުވިދާޅުވެފަ އެވެ. ބޮޑެތި ގަސްތައް ކަނޑާލައިގެން އެކަން ކޮށްފައިވަނީ އެންމެ ދެމެހެެއްޓެނިވި ގޮތުގައި ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިނު ދަތުރުފުޅުގައި ރައީސް މިއަދު ވަނީ ހިތަދޫގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox