ތަގައްޔަރުވެފައި ހުރި އިންޑިއާގެ ކޯފު ސިރަޕަށް ސަމާލުވާން ސަރުކާރުން އެދެފި

Jan 12, 2023, 12:29 PM
ތަގައްޔަރުވެފައި ހުރި އިންޑިއާގެ ކޯފު ސިރަޕަށް ސަމާލުވާން ސަރުކާރުން އެދެފި

ތަގައްޔަަރުވެފައިވާ ކޯފް ސިރަޕް ބޮއެގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންތަކެއް މަރުވެފައިވާތީ، އެއިން ބޭހަކަށް ސަމާލުވާން ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެދެފި އެވެ.

އެފްޑީއޭއިން މިއަދު ނެރެފައިވާ އިއުލާނެއްގައި ސަމާލުވާން ބުނެފައިވާ އެމްބްރޮނޯލް ކޯފް ސިރަޕް (Ambrnol Cough Syrup) އާއި ޑޮކް-1 މެކްސް ސިރަޕް (Dok-1 max Syrup) އަކީ ރާއްޖެ އެތެރެ ކުރުމަށް ހުއްދަ ދީފައިވާ ބޭހެއް ނޫނެވެ.

އެހެން ނަމަވެސް، ބޭސް ސިޓީގައި ލިޔެގެންނާއި އެހެނިގެން ގޮތް ގޮތުން އެ ދެ ބޭސް ދިވެހިރާއްޖެއަށް އެތެރެވެފައި ހުރެދާނެތީ އެކަމަށް ސަމާލުވުމަށް އެފްޑީއޭއިން އެދިފައިވެ އެވެ.

"ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާ އިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސް ކުރަމުން ގެންދާނެ ކަން މައުލޫމާތަށްޓަކައި ދެންނެވިން،" އެ އިއުލާނުފައިވެ އެވެ.

އެ ދެ ބޭސް ވެސް އުފައްދާފައި ވަނީ މެރިއޯން ބަޔޯޓެކް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން މިހާރު ވަނީ ވަގުތީ ގޮތުން ބޭސް އުފެއްދުން ހުއްޓާލައިފަ އެވެ. މެރިއޯން ބަޔޯޓެކްއަކީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ކައިރީގައި އޮންނަ ނޮއިޑާގައި ގާއިމްވެފައިވާ ކުންފުންޏެވެ. ކުންފުނީގެ ވެބްސައިޓް ޑައުންވެފައި ހުރި ނަމަވެސް، ލިންކްޑްއިން ޕޭޖުގައި ބުނީ އެއީ 1999 ވަނަ އަހަރު އުފެދުނު ކުންފުންޏެއް ކަމަށެވެ.

އެފްޑީއޭގެ އިއުލާނުގައި ބުނެފައި ވަނީ އެ ދެ ކޯފް ސިރަޕު ތަގައްޔަރުވެފައި ވަނީ އެތެލީން ގްލައިކޯލް އަދި ޑަޔަތެލީން ގައިކޯލް ކިޔާ ދެ މާއްދާ އެވެ. އެތެލީން ގްލައިކޯލްއަކީ ޕޮލިސްޓާ ފައިބަރު އުފައްދާއިރު ބޭނުންކުރާ އެއްޗެކެވެ. އަދި އެންޓި ފްރީޒް މާއްދާއެއްގެ ގޮތުން ބުރަކި، ގަލަން ފަދަ ތަކެތި އުފައްދާއިރު ވެސް ބޭނުން ކުރެ އެވެ. ޑަޔަތެލީން ގައިކޯލްއަކީ ވެސް އެންޓި ފްރީޒް މާއްދާއެއްގެ ގޮތުން ބޭނުން ކުރާ އެއްޗެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox