ޝަރީއަތުގެ މުޅި ރިޕޯޓް ހޯދަން އިދިކޮޅު ލީޑާޝިޕް މިއަދު ކޯޓަށް

އިދިކޮޅު ލީޑާޝިޕް މީގެ ކުރިން ކްރިމިނަލް ކޯޓު ކައިރީގައި؛ ޔާމީނަށް އިއްވި ހުކުމުގެ ޝަރީއަތުގެ މުޅި ރިޕޯޓް ނުލިބޭތީ ކޯޓަށް ދާން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ލީޑާޝިޕް މީގެ ކުރިން ކްރިމިނަލް ކޯޓު ކައިރީގައި؛ ޔާމީނަށް އިއްވި ހުކުމުގެ ޝަރީއަތުގެ މުޅި ރިޕޯޓް ނުލިބޭތީ ކޯޓަށް ދާން ނިންމައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމާއި ޝަރީއަތުގެ މުޅި ރިޕޯޓް ނުލިބޭތީ، އެ ރިޕޯޓް ހޯދަން ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑާޝިޕް މިއަދު ކޯޓަށް ދާން ނިންމައިފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ޔާމީން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގަ އެވެ.

ހުކުމްކުރިތާ ދެ ހަފުތާ ވެގެން ދިޔައިރު އަދިވެސް ޝަރީއަތުގައި ދެ ފަރާތުން ވެސް ދައްކާ ވާހަކަތައް ހިމެނޭ މަހްޟަރު ބަޔާންތަކާއެކު ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކޮށްފައެއް ނުވެ އެވެ. ޔާމީންގެ ވަކީލުން ބުނެފައިވަނީ ހައި ކޯޓަށް ފުރިހަމަ އިސްތިއުނާފެއް ހުށަހެޅޭނީ އެ ލިޔެކިޔުން ލިބިގެން ކަމަށެވެ.

"ޝަރީއަތް ނިމުނުގެ ގޮތުގެ ރިޕޯޓް ހޯދަން ލީޑާޝިޕުން މިއަދު މެންދުރުފަހު 1:00 ގައި ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާނެ،" ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިދިކޮޅު ކޯލިޝަނުން ހަދާފައި އޮންނަ މީޑިއާ ގްރޫޕަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލް ފޮނުވި މެސެޖްގައިވެ އެވެ.

އިސްތިއުނާފް ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. އަދިވެސް މައްސަލަ އިސްތިއުނާފުކޮށްފައި ނުވާތީ، ސަޕޯޓަރުންނާއި ލީޑާޝިޕްގެ ކަންބޮޑުވުންތައް އޮތް ކަމަށް އަޑުފެތުރެމުން އެބަ ދެ އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް "އަދަދު" ނޫހަށް ކުރިން ވިދާޅުވެފައިވަނީ ވީހާވެސް އަވަހަށް މައްސަލަ އިސްތިއުނާފްކޮށް ޔާމީން މިނިވަންވުމަށް ސަޕޯޓަރުން އެދޭނެ ކަމަށެވެ. ނަމަވެސް އޭގައި ގާނޫނީ ޓީމާއި ލީޑާޝިޕާ ދެމެދު ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.

"ސަޕޯޓަރުންގެ ތެރޭ އެބަ ގަބޫލުކުރެވޭ ލަސްވެއްޖެއޭ، އެކަމަކު އޭގައި ވަރަށް މުހިންމު ފުރިހަމަ އިސްތިއުނާފެއް ކުރަން، ރައީސް ޔާމީން ބޭނުންފުޅުވާނީ ވެސް އެ ގޮތަށް، މީގެ ކުރިން ވެސް، މިހާރު ވެސް އިސްތިއުނާފަށް ހުށަހެޅުމުގެ ކަންކަން ދާނީ ޔާމީންގެ ފުރިހަމަ އިރުޝާދު ލިބިގެން،" ޝިޔާމް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރުތުތަކުގެ ގޮތުގައި ގާނޫނީ އަސާސީގައި ބަޔާންކޮށްފައި އޮންނަ އެއް ޝަރުތަކީ، ޖިނާއީ ކުށެއްކުރި ކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް ނަަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށް ވާން ޖެހެ އެވެ.

އެއާއެކު، ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ބަންދުވެފަ އެވެ. އަދި، ކްރިމިނަލް ކޯޓުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަކުރުމުގެ ދައުވާގެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލަ ކްރިމިނަލް ކޯޓުގައި އަދި އޮތީ ޝަރީއަތުގެ ވަރަށް ކުރީކޮޅުގެ މަރުހަލާއެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox