ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފެށުމުގެ ގޮތުން، ރަށްރަށުން މީހުން ގެނެސްގެން މާލޭގައި ބޮޑު ކޮންފަރެންސެއް ބޭއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިން ނިންމައިފި އެވެ.
"އުންމީދާއެކު ނަމުގައި ބާއްވާ މި ކޮންފަރެންސް ބާއްވަން ހަމަޖހެިފައިވަނީ މިމަހުގެ 19 އަދި 20 ވަނަ ދުވަހު އާޓިފިޝަލް ބީޗުގަ އެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ އެ ކޮންފަރެންސްގައި އެޕާޓީގެ ކެމްޕޭން ކުރިއަށްދާނެ ގޮތާއި ރައީސް ޔާމީން ޖަލުން މިނިވަން ކުރަން ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އުންމީދުގެ ދަންމަރު އޮތީ ޖަލުގެ ތޭރިތަކުގައި އެ ދަންމަރު ޖަލު ފަޅާފައި އިރާދަކުރެއްވިއްޔާ ނުކުންނާނެ ދިވެހި ރައްޔިތުންނަށް އުންމީދު ހާސިލުކޮށްދޭނެ،" ޝުޖާއު ވިދާޅުވި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި, ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖުމުލަ 11 އަހަރަށް ޖަލަށްލައި ފަސް މިލިއަނުން ވަނީ ޖޫރިމަނާކޮށްފަ އެވެ. އެމަނިކުފާނު އިންތިހާބުގައި ވާދަ ކުރުމަށް ގާނޫނީ ގޮތުން ހުރަސްތަކެއް ހުރި ނަމަވެސް އެ ޕާޓީން މިހާތަނަށް ބުނެފައި ވަނީ އިތުރު ކެންޑިޑޭޓެއް ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނުނެރޭނެ ކަމަށެވެ.













