ފިޔޯރީ ސްކޫލުގެ އަލިފާން: މުޅި އިމާރާތް އެއްކޮށް އަނދާ ހުލިވެއްޖެ

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ރޯވެ އަނދަމުން ދަނީ --- ފޮޓޯ: އަހްމަދު އާސިފް

ގދ. ފިޔޯރީ ސްކޫލުގެ އިމާރާތުގައި ރޯވެ އަނދަމުން ދަނީ --- ފޮޓޯ: އަހްމަދު އާސިފް

ގދ. ފިޔޯރީ ސްކޫލުގައި މިހާރު ވެސް ކިޔަވައިދިނުމަށް ބޭނުންކުރަމުންދިޔަ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ފިޔޯރީ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިގުބާލް "އަދަދު"އަށް ވިދާޅުވީ އެ ސްކޫލުގައި އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށާއި، އަލިފާން ރޯވެ އަނދަން ފެށި ވަގުތަކީ ސްކޫލްގައި އެއްވެސް ދަރިވަރަކު ނެތް ވަގުތެއް ކަމަށެވެ.

އަލިފާންގަނޑު ރޯވެ އަަނދަން ފެށި ވަގުތު ނިއްވާލުމަށް ވެސް އެތަނާ ކައިރި ނުވެވުނު ކަމަށާއި، މި ހާދިސާގައި މުޅި އިމާރާތް އެކީ އަނދައިގެން ދިޔަ ކަމަށް އިގުބާލް ވިދާޅުވިއެވެ.

"އެ ހުޅު ހިފި ގޮތަށް ހަމަ އަނދާ ހުލިވީ. ނިއްވާލަން ކައިރިވެވޭ ވަރެއް ވެސް ނުވޭ. ފަހުން ޕަންޕުތަކާ އެއްޗިހި ހިފައިގެން ގޮސް މަސައްކަތް ކުރި އާންމުންނާ ޕޮލިހުންނާ ނިކުމެ. އެކަމަކު އޭގެ އެއްވެސް ފައިދާއެއް ނެތް. އިމާރާތް އެއްކޮށް އަދައިގެން ގޮސްފައި ވަނީ" އިގުބާލް ވިދާޅުވިއެވެ.

އިގްްބާލް ވިދާޅުވި ގޮތުގާ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:05 ހާއިރު އެވެ.

އެވަގުތު ސްކޫލު ގޯތިތެރޭގައި ދެ ވޮޗަރަކާއި މަސައްކަތު މީހެއް ހުރި ކަމަށާއި، އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހާދިސާ ހިނގި އިރު އަލިފާން ނިއްވާލެވޭނެ ޒާތުގެ އެއްވެސް އާލާތެއް އިމާރާތުގައި ނެތް ކަމަށް ވެސް އިގުބާލް މައުލޫމާތު ދިނެވެ.

އޭނާ ވިދާޅުވީ އަދިވެސް ކޮންމެވެސް ވަރަކަށް އަނދަމުން ދާކަމަށާއި، މިހާރު އަލިފާންގަނޑުގެ ބޮޑުބައި ނިވިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ތިނަދޫ ފަޔާ ސްޓޭޝަނުގެ ފަޔާމަނުންނަށް ފިޔޯރީއަށް ދެވުނީ މިރޭ 18:45 ގަ އެވެ. އަލިފާން ރޯވި ސީދާ ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވެ އެވެ.

"މި ކުލާސްރޫމުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި. އިމާރާތުގެ ފާރުން ބަޔަކާއި ފުރާޅުން ބައެއް ވެއްޓި އިމާރާތް ހުރީ ބަންދުވެފައި. ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން ގދ.ފިޔޯރީއަށް ދިޔައިރު އަލިފާން ހުރީ ކޮންޓްރޯލް ކުރެވިފައި. އަނގުރު އަލިފާނުގެ އަސަރު ހުރުމާ އެކު ކޮންމެވެސް ވަރަކަށް ދުން ދަނީ އަރަމުން،" އެމްއެންޑީއެފްއިން ހިއްސާކުރި މެސެޖެއްގައި ބުނެފައިވެ އެވެ.

އެ އިމާރާތަކީ ސްކޫލްގެ ސެން ކްލާހާއި، އާންމުކޮށް ކިޔަވައިދޭ ތިން ކްލާސްރޫމުގެ އިތުރުން ސްކޫލުގެ ގުދަންވެސް ހުރި އިމާރާތެވެ.

މި ހާދިސާ ހިނގި އިރު ގުދަނުގައި ގިނަ އަދަދެއްގެ ފޮތާއި، އައު ގޮނޑި އަދި މޭޒުފަދަ ތަކެތިވެސް ހުރި ކަމަށް އިގުބާލް މައުލޫމާތު ދެއްވިއެވެ. އަދި, އެ އިމާރާތުގެ ތެރޭގައި އަގުބޮޑެތި ޓީވީ ފަދަ އާލާތްތައް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާދިސާގައި ލިބުނު ގެއްލުން އަދި އަންދާޒާކޮށްލަން ނޭނގުނު ނަމަވެސް ފޫނުބެދޭ ވަރުގެ ގެއްލުމެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ފިޔޯރީ ސްކޫލަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ނަމަވެސް މި ހާދިސާ އާއި ގުޅިގެން މާދަމާއިން ފެށިގެން ދެ ދަންފަޅިއަކަށް ބަހާލައިގެން ކިޔަވައިދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިގުބާލް ވިދާޅުވި އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox