އެމްޓީސީސީން މިދިޔަ ތިން އަހަރު 130 އަށްވުރެ ގިނަ ޕްރޮޖެކްޓް ވަނީ ނިންމާފައި: އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެމްޓީސީސީން 130 އަށްވުރެ ގިން ޕްރޮޖެކްޓް ނިންމާފައިވާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީ އެއާޕޯޓު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބޮޑު ޕްރޮޖެކްޓަކީ އެ އަތޮޅުގެ އެއާޕޯޓް އެޅުމުގެ މަޝްރޫއާއި ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.

"މިއީ ސަރުކާރުން އަޅުގަނޑުމެންނަށް ކުރާ އިތުބާރު. ދިވެހި ކުންފުނިތަކަށް ކުރާ އިތުބާރު ބޮޑުވެގެން މިދިޔައީ، ހަމަ ގައިމުވެސް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅާއި އެއްގޮތަށް. އަޅުގަނޑުމެން، [އެމްޓީސީސީ] އިން މިދިޔަ ތިން އަހަރު ނިންމައިފިން 130 އަށްވުރެ ގިނަ ޕްރޮޖެކްޓް. އެންމެ ދަތިވެގެން ދިޔައިރު އަޅުގަނޑުމެން މަސައްކަތް ކުރަމުން ކުރަމުން ގޮސް ނިންމާފަ މިހިރީ. އަޅުގަނޑުމެން ގަބޫލުކުރަނީ ދަތިވުމަކީ ކަންތައްތައް ހުއްޓާލަން ޖެހޭ ކަމެއް ނޫނޭ." އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ، އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރިތާ ދޮޅު އަހަރު ދުވަސް ތެރޭގައި ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި މިވަރުގެ ބިމެއް ހިއްކެނީ އަށް އަހަރުން. އެކަމަކު މިތަން [ބިން] އަޅުގަނޑުމެން ހިއްކައިފިން ދޮޅު އަހަރުގެ ތެރޭގައި. މިއީ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަންތައްތައް ކޮށްދޭން ބޭނުންވާ ގޮތް. ބާރު ސްޕީޑުގައި ތަރައްގީ ގެނެސްދެމުން މިދަނީ." އާޒިމް ވިދާޅުވި އެވެ.

އަލިފުށީ އެއާޕޯޓުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އާޒިމް ފާހަގަކުރެއްވީ ޓާމިނަލްގެ މަސައްކަތެވެ. އަދި ޓާމިނަލަށް ބޭނުންވާ 17 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ. އަދި އެއާޕޯޓް ރަންވޭއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ، މި އަހަރު ތެރޭގައި އަލިފުއްޓަށް ފްލައިޓް ޖެއްސޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox