ރައީސް ސޯލިހު ކުރިމަތީ އެއްވެ، އިދިކޮޅު ލީޑަރުން ގޮވާލީ ނަން ނަގަން

ރައީސް ސޯލިހު ކުރިމަތީ އެއްވެ، އިދިކޮޅު ލީޑަރުން ގޮވާލީ ނަން ނަގަން

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ޕާޓީގެ ހަރުގެ ތެރޭގަ އެވެ. ރައީސް ސޯލިހު ވާހަކަ ވެސް ދައްކަވަމުން ގެންދެވި ދަނޑިވަޅެވެ. އެމްޑީޕީގެ ހަރުގެ ކުރިމައްޗަށް އޮތް އާޓިފިޝަލް ބީޗު ފުރާލައި، އެއްވެ ތިބީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންނެވެ.

ގައުމީ ދިދަ ހިފައިގެން ތިބި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެ ސަރަހައްދަށް އެއްވިއިރު، އެ ކޯލިޝަންގެ ސަޕޯޓަރުންގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރެއްވުމަށް، މާފުށީ ޖަލުގަ އެވެ. އެއީ، ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހަރަކާތެކެވެ.

ރައީސް ސޯލިހު ވާހަކަ ދައްކަވަމުން ގެންދެވި ދަނޑިވަޅުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމްގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ގެންދެވީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އެވެ. އޭނާ ގެންދެވީ އެ ވަގުތުކޮޅުގައި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

Advertisement

"ތިޔައީ ތަންދޮރު ނުދަންނަ، ހިޔާނާތްތެރި، ޣައްދާރު، ވެރިކަމަށް ނާގާބީލް ބޭފުޅެކޭ، މިއީ ދިވެހިން [ރައީސް] ސޯލިހުއާ މެދު ދެކޭ ގޮތަކީ، ދެވަނަ ދައުރަކަށް ވޯޓު ދޭން އެހިޔަސް ރައްޔިތުން ވޯޓެއް ނުދޭނެޔޭ،" ރައީސް ސޯލިހު އެ ވާހަކަތައް އަޑު އެއްސެވުމަށް ތަކުރާރުކޮށް ގޮވަމުން އަބްދުލްރަހީމް ވިދާޅުވި އެވެ.

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ބައެއް ވައުދުތައް ނުފުއްދޭ ކަން އަބްދުލްރަހީމް ހަނދުމަކޮށްދެއްވި އެވެ. މާލެ ސަރަހައްދުގައި ފްލެޓެއް ނޭޅެ އެވެ. އުފަންވާ ކުއްޖަކަށް ހަދިޔާ ފޮއްޓެއް ނުލިބެ އެވެ. ޖުޑީޝަރީ އިސްލާހުގެ މަސައްކަތެއް ނުހިނގަ އެވެ.

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީޕީއެމްގެ ސަޕޯޓަރުން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އޭގެ އިތުރަށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގެ ތެރޭގައި، ވެންޓިލޭޓަރުތައް ހިޔާނާތް ހިނގައި ދިޔުމާއި، ދިވެހި ދައުލަތުގެ މިނިވަން ކަމަށް އަސަރުކުރާ ވަރަށް އިންޑިއާގެ ނުފޫޒު ގަދަވާން ދޫކޮށްލާފައި އޮތުމުން ދިވެހި ރައްޔިތުންގެ ތާއީދު ގެއްލިފައިވާ ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ.

"ރައީސް ސޯލިހަކަށް ނެތޭ ތާއީދެއް، ޕާޓީގެ ތެރެއިން ވެސް ނެތޭ ތާއީދެއް، ލަދު ހަޔާތުގެ ކަންފުޅެއް ކިރިޔާ ހުއްޓަސް ދެވަނަ ދައުރެއް ތިމަންނައަށް ދޭށޭ ބުނާކަށް ނާންނާނޭ، ވޯޓު ކަރުދާހުން، ސޯލިހުގެ ނަން ނަގަން ގޮވާލަން،" އަބްދުލްރަހީމް ވިދާޅުވި އެވެ.

އިދިކޮޅު ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
އިދިކޮޅު ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ސަޕޯޓަރުން އާޓިފިޝަލް ބީޗު ސަރަހައްދަށް ޖަމާވެ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިދިކޮޅު ލީޑަރު ޔާމީން ޖަލަށް ލާފައި ބަންދުކޮށްފައި ހުއްޓަސް "މި ސަރުކާރު ކުރިމަތީ ކުޑަކަކޫ ނުޖައްސަވާނެ" ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އަބްދުލްރަހީމް ވިދާޅުވި އެވެ. އަދި އިދިކޮޅު ލަޝްކަރު ވެސް އެ ސާބިތުކަމާއެކު ތިބުމަށް ގޮވާލެއްވި އެވެ.

ހުޅުމާލޭގެ ކައުންސިލަރު އިބްރާހީމް ޝުޖާއު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްލަތީފް، މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ފަދަ ލީޑާޝިޕްގެ ބޭފުޅުން ވެސް ވާހަކަ ދެއްކެވި އެވެ. އެ ބޭފުޅުން ވެސް ރައީސް ސޯލިހަށް ފާޑުވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox