މާލޭ ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ބޭލެވޭ ކަމަށް ބެލެވޭއިރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް އާދަޔާ ހިލާފަށް ކަޅުތެޔޮ އެޅިފައިވާތީ އެމްއެންޑީއެފުން އަންނަނީ އެ ސަރަހައްދުން ތެޔޮތައް ސާފްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދަށް ޖުމްލަ 1000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް ވެސް 400 ލިޓަރު ނެގިފައިވާ ކަމަށެވެ.
އެކަމާ ގުޅގެން ތިމާވެށި ރައްކާތެރި ކުރާ އޮތޯރިޓީގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އަށް "އަދަދު" އިން ގުޅުމުން ވިދާޅުވީ އެ ސަރަހައްދަށް ތެޔޮ އެޅިފައިވާ ގޮތެއް ބެލުމަށް ތަހުގީގެއް ކުރިއަށް ގެންދާ ކަމަށެވެ.
ބެލެވޭ ގޮތުގައި އެއީ ދުއްވާފައި ދިޔަ އުޅަނދަކުން އެތެރެވަރިއަށް ބަންޑުންކޮށްލާފައިވާ ތެޔޮގަނޑެއް ކަމަށް ބެލެވޭ ކަމަށާއި މާލޭ ފަޅުތެރެއަށް ތެޔޮތައް ޖަމާވެފައި ވަނީ އޮއިވަރާއެކު ކަމަށް ލަފާކުރެވޭ ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.

މާލޭ ފަޅުތެރޭގެ ބޮޑު ސަރަހައްދަކަށް ކަޅުތެޔޮ ވަނީ ޖަމާވެފަ އެވެ. އެކަމުގެ ސަބަބުން ފަޅުގައި ދިރިއުޅޭ މޫދުގެ އުޅޭ ދިރުންތަކަށް ގެއްލުންވާނެ ކަމަށް ބެލެވެ އެވެ. އެހެންވެއްޖެ ނަމަ އެކަމެއް ބަލައި ފިޔަވަޅު އެޅުމުެގ ބާރު ސަރުކާރަށް އޮވެ އެވެ.













