ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިޖުތިމާއީ ޒިންމާގެ ދަށުން ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.
"ފިޔަވަތި ފަން ޑޭ" ގެ ނަމުގައި އިއްޔެ ފަރުކޮޅުފުށީގައި ބޭއްވި މި ހާއްސަ ހަވީރުގައި ފިޔަވަތީގައި ދިރިއުޅޭ 90 އަށްވުރެ ގިނަ ކުދިން ވަނީ ބައިވެރިވެފަ އެވެ.
އެ ހަވީރުގައި އެޗްޑީސީގެ ބައެއް އިސްވެރިންނާއި ފިޔަވަތީގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ. މި ހަވީރުގައި އެޗްޑީސީން ވަނީ ފިޔަވަތީގެ ކުދިންނަށް ހާއްސަ ހަދިޔާތަކެއް ވެސް ދީފަ އެވެ.
ހުޅުމާލޭގައި ހުންނަ ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެވޭ ކުދިން ބެލުމަށް ހަމަޖައްސާފައިވާ ތަނެކެވެ.













