ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިންގެ ކަންކަން ބަލަހައްޓާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޯދަވީއްލުމެއް ދެއްވައިފި އެވެ.
ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ ހަރަކާތްތަކަކާއެކު ބޭއްވި އެ ރޯދަވީއްލުން އޮތީ މިއަދު މުލީއާގޭގަ އެވެ.
އެ ރޯދަވީއްލުމުގައި، ފިޔަވަތީގައި ތިބޭ ކުޑަކުދިންނާއި އެކުދިން ބަލަހައްޓާ ފަރާތްތަކުގެ އިތުރުން މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، އާއިޝަތު މުހައްމަދު ދީދީ އާއި ސްޓޭޓް މިނިސްޓަރު މުހައްމަދު ޝިހާބާއި އެ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސަސްގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ހިޔާގައި ތިބޭ ކުދިންނަށް ރައީސްގެ ދެ ކަނބަލުން މިދިޔަ އަހަރު ވެސް ރޯއްދަވީއްލުމެއް ދެއްވި އެވެ.













