ސޯޝަލް މީޑިއާ އިންފްލުއެންސަރު އެންޑްރޫ ޓޭޓްއަށް ރޭޕް އާއި ހިޔުމަން ޓްރެފިކިންގެ ތުހުމަތު

އެންޑްރޫ ޓޭޓް ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

އެންޑްރޫ ޓޭޓް ހައްޔަރުކޮށްގެން ގެންދަނީ. -- ފޮޓޯ: ރޮއިޓާޒް

ރޭޕް އާއި ހިޔުމަން ޓްރެފިކިންގެ ތުހުމަތުގައި ސޯޝަލް މީޑިއާ އިންފްލުއެންސަރު އެންޑްރޫ ޓޭޓް ރޮމޭނިއާގައި ހައްޔަރުކޮށްފި އެވެ.

އެންޑްރޫ ޓޭޓްގެ އިތުރުން އޭނާގެ ބޭބެ ޓްރިސްޓަން ހައްޔަރުކުރީ ރޮމޭނިއާގައި އެ މީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކުރިން ކިކްބޮކްސަރެއްގެ ގޮތުގައި އުޅުނު އެންޑްރޫ ޓޭޓް މަގްބޫލުވީ 2016 ވަނަ އަހަރު އިނގިރޭސި ޓީވީ ޝޯ ބިގް ބްރަދާއިން ވަކިކުރި ހިސާބުންނެވެ.

އެ ޝޯއިން އޭނާ ވަކިކުރީ އަންހެނަކަށް ހަމަލާ ދޭ ވީޑިއޯއެއް އާއްމުވުމުންނެވެ. ޖިންސީ އަނިޔާގެ ޒިންމާ އަންހެނުން އުފުލަން ޖެހޭނެ ކަމަށް ބުނުމުން، ޓްވިޓާއިން ވެސް އޭނާ ސަސްޕެންޑްކުރި އެވެ.

އެކަމަކު ބިލިއަނަރު އެލޮން މަސްކް ޓްވިޓާއާ ހަވާލުވި ފަހުން އޭނާގެ އެކައުންޓު އަލުން އަނބުރާ ދިނެވެ.

ރޮމޭނިއާގެ ފުލުހުން ބުނީ 30 ދުވަސް ވަންދެން އެންޑްރޫ ޓޭޓް ބަންދުކޮށްފައި ބެހެއްޓުމަށް އެދިފައި ވާނެ ކަމަށެވެ. އެކަމާ މެދު ގޮތް ނިންމާނީ ކޯޓުންނެވެ.

ފުލުހުން ބުނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އެންޑްރޫ އާއި ޓްރިސްޓަންގެ އިތުރުން ރޮމޭނިއާގެ ދެ މީހުންނަށް ތުހުމަތު ކުރެވޭތީ، އެ މީހުންގެ މައްސަލަ މިދިޔަ އެޕްރީލް މަހުން ފެށިގެން ތަހުގީގު ކުރަމުން ދިޔަ ކަމަށެވެ.

"ތުހުމަތު ކުރެވޭ ހަތަރު މީހުން ރާވައިގެން ކުށް ކުރާ ގްރޫޕެއް ހަދައިގެން އުޅޭ ކަމަށް ބެލެވޭ. އެ ގްރޫޕުގެ ބޭނުމަކީ އަންހެނުން ރެކްރޫޓުކޮށް، އެ މީހުން ގެތަކުގައި ބައިތިއްބައިގެން، މަޖުބޫރުން އޮރިޔާން ކާޑު އުފައްދައި، ހާއްސަ ވެބްސައިޓުތަކުގައި ފައިސާ ދީގެން އެ ވީޑިއޯތައް ބެލޭނެ ގޮތް ހެދުން،" ރޮމޭނިއާ ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ އެންޑްރޫ ޓޭޓް އާއި ޓްރިސްޓަން ދިރިއުޅޭ ލަގްޒަރީ ވިލާއިން ނެރިގެން ގެންދާ މަންޒަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox