އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އަރުވާނެ

ހަވާއެރުވުމާއެކު ހުޅުމާލޭގައި ޝޯއެއްވެސް ކުރިއަށް ދާނެ -- ފޮޓޯ: އެމްއެންޑީއެފް

ހަވާއެރުވުމާއެކު ހުޅުމާލޭގައި ޝޯއެއްވެސް ކުރިއަށް ދާނެ -- ފޮޓޯ: އެމްއެންޑީއެފް

ކުރިއަށް މިއޮތް އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އެރުވުމަށް ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮޮމިއުނިޓީ އެމްޕަވާމެންޓުން ކުރި ޓްވީޓަކާ އެކު އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވަނީ އާ އަހަރު ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ޝޯއެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އެ ޝޯ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 8:30 އިން ފެށިގެން ހުޅުމާލޭ ސިންތެޓިކް ޓްރެކުގަ އެވެ.

މި ޝޯގައި ހަވާ އެރުވުމާއި މިއުޒިކުގެ އެކި ހަރަކާތްތައް ފެނިގެން ދާނެ އެވެ. ޔޫތް މިނިސްޓްރީން ބުނީ މި ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭގެ ހުށަހެޅުންތައް ފެނިގެންދާނެ ކަމަށެވެ.

މީގެ އިތުރުން "ހަބޭސް ބޮޑުބެރު"ގްރޫޕްގެ ހުށަހެޅުންތަކެއް ވެސް މި ޝޯގެ ތެރެއިން ފެންނާނެ އެވެ.

އާ އަހަރު ފާހަގަކުރުމަށް މީގެ ކުރިން ވެސް މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި، ބޭރު ފަންނާނުން އަދި ރާއްޖޭގެ މިއުޒިކް ގްރޫޕްތަކުގެ ހުށަހެޅުންތައް ހިމަނައިގެން އެކި ހަފްލާތައް ބޭއްވި އެވެ. ނަމަވެސް ކޮވިޑް-19އާ އެކު މި ކަންކަމަށް ހުއްޓުމެއް އައުމާއެކު މިދިޔަ ދެ އަހަރު އާ އަހަރު ފާހަގަކުރުމުގެ ހަފްލާތައް މަޑުޖައްސާލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox