މާލެތެރެއިން ކުނި ނެގުމަށް ބޭނުންވާ އުޅަނދުތައްް ސިޓީ ކައުންސިލުން ކުއްޔަށް ނަގައިފި

ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ލިބެން އަދި 3-6 މަސް ނަގާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ސިޓީ ކައުންސިލުން ބުނީ ވެހިކަލްތައް ލިބެން އަދި 3-6 މަސް ނަގާނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މާލެސިޓީގެ އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށި އިރު އަދި އެކަމަށް ބޭނުންވާ އުޅަނދުތައް ނުލިބޭތީ އުޅަނދުތަކެއް ކުއްޔަށް ނަގާފައިވާކަން އެނގިއްޖެ އެވެ.

މާލެ/ވިލިމާލޭގެ އާންމު ތަންތަނުން ކުނިނެގުމާއި ސާފުކުރުމަށް ވެމްކޯއާއެކު ސިޓީ ކައުންސިލުން 2016 ވަނަ އަހަރު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް ކުރުމަށް ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ވެމްކޯއިން ގެންގުޅެމުން އަންނަނީ ކުއްޔަށް ނަގާފައިވާ އުޅަނދުތަކެއް ކަމުން އެކަމަށްދާ ހޭދަ އިންތިހާއަށް ބޮޑުވުމެވެ.

މިމަހުގެ ކުރީކޮޅު ބޭއްވި ޖަލްސާއެއްގައި ސިޓީ ކައުންސިލުން ބުނީ ކުނި ނެގުމަށް ބޭނުންވާ އުޅަނދުތައް ބޭރުގެ ހިލޭ އެހީގައި ހޯދާނެ ކަމަށެވެ. އެ ކައުންސިލުގެ އޮފިޝަލަކު މިއަދު "އަދަދު"އަށް ބުނީ އަދިވެސް ވެހިކަލްތައް ނުގެނެވޭ ކަމަށާއި، ވެހިކަލްތައް ރާއްޖެ ގެނައުމަށް ތިން މަހާއި، ހަ މަހާއި ދެމެެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ.

ވެހިކަލްތައް ނުލިބޭތީ ސިޓީ ކައުންސިލުން ވަނީ މިވަގުތަށް 10 ވެހިކަލެއް ކުއްޔަށް ނަގާފައިކަމަށް ވެސް އޭނާ ބުންޏެވެ.

"ވެހިކަލްތައް ނާންނާތީ އަޅުގަނޑުމެން ގާތްގަނޑަކަށް 10 ވެހިކަލް މިއުޅެނީ ހަޔަރކޮށްގެން. ތްރީ ޓު ސިކްސް މަންތްސް ތެރޭގައި އަޅުގަނޑުމެންނަށްް ވެހިކަލްތައް ލިބޭނީ،" އޭނާ ބުންޏެވެ.

ވެމްކޯއާއެކު މާލެ ސިޓީގެ އާންމު ތަންތަން ސާފުކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިއްޔެއަށް ހަމަވެފައިވާއިރު، މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން މާލެ އަދި ވިލިމާލޭގެ އާންމު ތަންތަން ސާފުކުރުމުގެ މަސައްކަތް ފަށާނެ އެވެ.

މި މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ 90 އިންސައްތަ މިހާރު ހަމަވެފައިވާ ކަމަށް ސިޓީ ކައުންސިލުން ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވި އެވެ. މި މަސައްކަތަށް 100 މުވައްޒަފުން މިހާރު ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި 80 ކުނިކަހާ މީހުންނާއި، 16 ސުޕަވައިޒަރުން އަދި ހަތަރު ސީނިއާ ސުޕަވައިޒަރުން ހިމެނެ އެވެ.

ސިޓީ ކައުންސިލުން އަންދާޒާކޮށްފައި ވާގޮތުގައި ކުނި ނެގުމުގެ މަސައްކަތް އެ ކައުންސިލުން ކުރަން ފެށުމާއެކު މިހާރު އެކަމަށް ވެމްކޯއިން ހޭދަކުރަމުން އަންނަ އަގުގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު ހަރަދެއް ސަލާމަތް ވާނެ އެވެ. ކައުންސިލުން މި މަސައްކަތް ކުރެވޭނެ ކަމަށް ލަފާކުރީ 2.2 މިލިއަން ރުފިޔާއަށެވެ. ވެމްކޯއިން މިދިޔަ އަހަރު ވެސް 4.7 މިލިއަންް ރުފިޔާގެ ބިލެއް ފޮނުވި ކަމަށް ކައުންސިލުން ވަނީ ހާމަކޮށްފަ އެވެ.

ކުނި ނަގައި އުކާލުމަށް ވެމްކޯއިން މިހާރު މާލޭގައި 150 މުވައްޒަފުން އަދި ވިލިމާލޭގައި 30 މުވައްޒަފުން ގެންގުޅޭ އިރު، އެ މުވައްޒަފުންގެ ތެރެއިން ސިޓީ ކައުންސިލަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ކައުންސިލުން މީގެ ކުރިން ބުނެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox