ކެންސަރަށް މަގުފަހިވާ ކެމިކަލް ރާއްޖެ އެތެރު ކުރި މިންވަރު އިތުރުވެއްޖެ

ތޮއްޑޫ ކަރާ ދަނޑަކަށް ބޭސް ޖަހަނީ؛ ދަނޑުވެރިކަމަށް ކެމިކަލް އިތުރުކުރި މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައި--- ފޮޓޯ: އަހުމަދު ސައީދު/ އަދަދުދ

ތޮއްޑޫ ކަރާ ދަނޑަކަށް ބޭސް ޖަހަނީ؛ ދަނޑުވެރިކަމަށް ކެމިކަލް އިތުރުކުރި މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައި--- ފޮޓޯ: އަހުމަދު ސައީދު/ އަދަދުދ

ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެއަށް އެތެރެކުރި ތަފާތު އެކި ވައްތަރުގެ ކެމިކަލްގެ އަދަދު އިންތިހާއަށް އިތުރުވެފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބޭސްލައިން ކެމިކަލް އެސެސްމެންޓް ރިޕޯޓުން ދައްކައިފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ބޭސްލައިން ކެމިކަލް ދިރާސާ ރިޕޯޓަކީ 2016 ވަނަ އަހަރު މި މިނިސްޓްރީން ތައްޔާރުކުރި ކެމިކަލް ޕްރޮފައިލްގެ މައުލޫމާތު އަދާހަމަކޮށް، 2017 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް ދިވެހިރާއްޖެއަށް އެތެރެކުރި އަދި އެކި ސިނާއައްތަކުގައި ބޭނުންކުރި ކެމިކަލްގެ ބާވަތްތަކާއި، ތަފާތު ބާވަތްތަކުގެ ކެމިކަލް މާއްދާ ބޭނުންކޮށްފައިވާ އުފެއްދުންތައް ބޭނުންކުރިގޮތް ދަނެގަތުމަށް ކުރިއަށްގެންދިޔަ ދިރާސާގެ ރިޕޯޓު ކަމަށެވެ.

ރިޕޯޓުގެ ބައެއް މައުލޫމާތު މިނިސްޓްރީން ހާމަކޮށްފައިވާއިރު، ރިޕޯޓުގައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ކެމިކަލް މާއްދާތަކާއި އުފެއްދުންތައް ވަނީ އަހަރަކަށްވުރެ އަހަރެއް އިތުރުވެފަ އެވެ.

"2021 ވަނަ އަހަރު ރާއްޖެއަށް 10 ބިލިއަން ރުފިޔާގެ ކެމިކަލް އެތެރެކޮށްފައިވެ އެވެ. މީގެތެރެއިން 7 ބިލިއަން ރުފިޔާ ހިއްސާކުރަނީ ހަކަތަ އުފެއްދުމަށް އެތެރެކުރި ތެލަށް،" މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުކެމިކަލް މާއްދާތައް އެތެރެކުރި މިންވަރު މަދުވި ނަމަވެސް އެ އަހަރު ރާއްޖެއަށް އެތެރެކުރި ޖަރާސީމު މެރުމަށް ބޭނުންކުރާ ޑިސްއެންފެކްޓަންޓާއި ބޭހުގެ ބާވަތްތައް އަދި ގަސްކާނާގެ މިންވަރު އިތުރު ކަމަށް ރިޕޯޓުން ދައްކަ އެވެ.

ރިޕޯޓުގެ އިތުރު ހޯދުންތަކުގައިވާ ގޮތުން 'އިންޓަނޭޝަނަލް އެޖެންސީ ފޯރ ރިސާޗް އިން ކެންސާ' ގެ ފަރާތުން ކެންސަރަށް މަގުފަހިވާ ކަމަށް ކަނޑައަޅާފައިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް 2021 ވަނަ އަހަރު އެތެރެކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސޫފާސޫފި މެރުމަށް ބޭނުން ކުރާ އިންސެކްޓިސައިޑް އިތުރުކުރި މިންވަރު 2017 ވަނަ އަހަރާ އަޅާ ބަލާއިރު 462 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.

ކެންސަރަށް ފަހިވާ ކެމިކަލްތައް ކަމަށްވާ އެސްބެސްޓޯސް އަދި އޮޑިދޯނި ފަހަރު ބަނުމާ ބޭނުން ކުރާ ސްޓައިރީން ރާއްޖެ އިތުރުކުރި މިންވަރު ވެސް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

"މި މާއްދާތައް ބޭނުންކުރާ ސިނާއައްތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި މިފަދަ ކުނިނައްތާލުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ސިއްހަތަށް މިމާއްދާތަކުން ނޭދެވޭ އަސަރުކުރުވާ، ވީމާ، މަސައްކަތުގެ މާހައުލުގައި އުޅުއްވާ ފަރާތްތަކުން ރައްކާތެރިކަމަށް ސަމާލުކަންދިނުން ވަރަށް މުހިއްމު،" މިނިސްޓްރީން ބުނެފައިވެ އެވެ.

ތިމާވެއްޓާ ބެގޭ މިނިސްޓްރީން ބުނީ ރިޕޯޓުން ފާހަގަވި ކަންކަމަށް ބިނާކޮށް، ރާއްޖޭގެ ނާޒުކު ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ކުނިބުންޏާއި ކެމިކަލް ގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކަށް ހައްލުހޯދައި ދިނުމަށް ސަރުކާރުން ސިޔާސަތު ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox