ޔާމީނަށް ކުރި ހުކުމުގެ ރިޕޯޓު ހޯދަން ޕީޕީއެމްގެ ލީޑަޝިޕް ކޯޓު ކައިރިއަށް

Dec 26, 2022, 6:42 AM
އިއްޔެގެ ޝަރީއަތް ހިނގަމުންދިޔަ ވަގުތު ޕީޕީއެމްގެ އިސްވެރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހުކުމް ކުރާ ދުވަހު ދޫކުރަންޖެހޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އިއްޔެގެ ޝަރީއަތް ހިނގަމުންދިޔަ ވަގުތު ޕީޕީއެމްގެ އިސްވެރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހުކުމް ކުރާ ދުވަހު ދޫކުރަންޖެހޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމަށް އިއްޔެ ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ރިޕޯޓު ދޫކުރުން ލަސްވެގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އިސްވެރިން މިއަދު ކޯޓު ވަޑައިގަނެފި އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހިންގި ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދުމަށް މިއަދު ޔާމީންގެ ދިފާއީ ވަކީލުންނާއެކު ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަޑައިގެންނެވި އެވެ. އޭނާއާއެކު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަޑައިގަތެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަންގައި ބުނާ ގޮތުން ކޮންމެ ކޯޓަކުން ވެސް ޝަރީއަތް ނިންމައި ހުކުމް ކުރާ ދުވަހު "ޝަރީއަތް ނިމުނު ގޮތް" މައްސަލަ ބެލި ފަނޑިޔާރުންގެ ސޮޔާއެކު އެ މައްސަލާގައި ހިމެނޭ ކޮންމެ ފަރާތަކާވެސް ހަވާލުކުރަން ވާނެ އެވެ.

މަނީ ލޯންޑަރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރުމާއެކު ޕީޕީއެމުން ވަނީ ރޭ މާލޭގެ މަގުތަކަށް ނިކުމެ މުޒާހަރާކޮށްފަ އެވެ. ބާރުގެ ބޭނުންކޮށްގެން ފުލުހުން މުޒާހަރާ ރޫޅާލީ އެއްވި މީހުންގެ ތެރެއިން 16 މީހުން ހައްޔަރު ކުރުމަށްފަހެވެ. ނަމަވެސް އެ އެންމެން ވެސް މިހާރު ދޫކޮށްލައިފި އެވެ.

ޔާމީންގެ މައްޗަށް ޖަލު ހުކުމް އިއްވުމުން ޕީޕީއެމުން ބުނެފައި ވަނީ އެމަނިކުފާނުގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއް ކަމަށެވެ. އެ މައްސަލައިގައި އިންސާފާއެކު ދިފާއުވުމުގެ ފުރުސަތު ވެސް ޔާމީނަށް ލިބިވަޑައިނުގަތް ކަމަށް ޕީޕީއެމުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox