ސަން ސިޔާމް ނެޓުން މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތްދޭން ތައްޔާރުވަނީ

ސަންސިޔާމް ނެޓުގެ ޓީމު: އެ ކުންފުނިން އަންނަނީ މުޅި ރާއްޖެއަށް ކޭބަލް ޓީވީ ހިދުމަތް ދިނުމަށް ތައްޔާރުވަމުން -- ފޮޓޯ: އެސްއެސްނެޓު

ސަންސިޔާމް ނެޓުގެ ޓީމު: އެ ކުންފުނިން އަންނަނީ މުޅި ރާއްޖެއަށް ކޭބަލް ޓީވީ ހިދުމަތް ދިނުމަށް ތައްޔާރުވަމުން -- ފޮޓޯ: އެސްއެސްނެޓު

ސަން ސިޔާމް ނެޓު (އެސްއެސްނެޓް) އިން މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެސްއެސްނެޓުގެ ކޭބަލް ޓީވީ ހިދުމަތުގެ ދަށުން ދިވެހިންނަށް މިހާރު ފެންނަ ޗެނަލްތަކުގެ އިތުރުން މުޅިން އާ ޗެނަލްތަކެއް ވެސް ފެނިގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން ދޭ ހިދުމަތުގެ އަގުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށާއި ޕެކޭޖުތަކުގެ އަގުތައް ހެޔޮވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެސްއެސްނެޓުގެ ހިދުމަތައް އެދުމުގެ ފުރުސަތު ވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި މިހާރު ދިރާގު ޓީވީ ބޭނުންކުރާ ފަރާތްތަކައް ފަސޭހަކަމާ އެކު އެސްއެސްނެޓަށް ބަދަލުވުމުގެ މަގުފަހިކޮށްދޭނެ ކަމަށް ވެސް ބުންޏެވެ.

ދިރާގު ޓީވީގެ ލައިސެންސް އާކޮށް ނުދިނުމަށް ނިންމައި ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިރާގަށް ނުދެވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަނޑައެޅުމާ ގުޅިގެން އެ ހިދުމަތް ސަންސިޔާމް ނެޓު ދިނުމަށް ދިރާގުގެ ބޯޑުން ވަނީ ނިންމާފަ އެވެ. މި ނިންމުމާ އެކު ޖެނުއަރީ 29 އިން ފެށިގެން ދިރާގު ޓީވީގެ ހިދުމަތް ހުއްޓާލާނެ އެވެ.

ހިދުމަތް ހުއްޓާލާކަން ކަސްޓަމަރުންނަށް އެންގުމަށް ނެރުނު ބަޔާނުގައި ވެސް ދިރާގުން ވަނީ ދެން އެ ހިދުމަތް ދެމުންދާނީ ސަން ސިޔާމް ނެޓުން ކަމަށާއި އެކަމަށް ވާން ޖެހޭ އެއްބަސްވުންތައް މިހާރު ވެފައިވާ ކަމަށް ބުނެފަ އެވެ.

ސަން ސިޔާމް ނެޓަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އެ ކުންފުންޏަށް ވަނީ ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox