ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅުން ކުރާ މުޒާހަރާ ރޫޅާލަން ފުލުހުން ފަށައިފި

މިރޭގެ އެއްވުމުގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިރޭގެ އެއްވުމުގެ ތެރެއިން ފުލުހުން މީހަކު ހައްޔަރުކުރަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއެކު އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާ އެއްވުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އިދިކޮޅު ކޯލިޝަނުގެ އިސްވެރިން އަދި މެންބަރުން ބައިވެރިވާ އެއްވުން މިރޭ ފަށާފައިވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ހުރަސްވާ ކަންމަތިންނެވެ. އެތަނުގައި ތިބެ އެއްވުމުގެ ބައިވެރިން ދިޔައީ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ 'ހަރާމް' ހުކުމެއް ކަމަށާއި އެ ހުކުން އުވާލާ ޔާމީން މިނިވަން ކުރުމަށް ގޮވާލާފަ އެވެ.

އެއަށްފަހު އެ ސަރަހައްދަން އެސްއޯ ފުލުހުން ގޮސް އެއްވުން ރޫޅާލަން މަސައްކަތް ކުރުމުން އެއްވުމުގެ ބައިވެރިން ވަނީ މަޖީދީ މަގުން އައިސް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެއާ ދިމާލަށް ދިއުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެކަމަށް ހުރަސް އެޅުމުން އެއްވުމުގެ ބައިވެރިން ވަނީ އަނބުރާ މަޖީދީ މަގަށް ނުކުމެފަ އެވެ.

މިހާރު އެއްވުމުގެ ބައިވެރިން ތިބީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރީގަ އެވެ.

މިރޭގެ އެއްވުމުގެ ތެރެއިން މިހާތަނަށް އަށަކަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ  އިޔާން / އަދަދު
ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އެއްވުމުގެ ތެރެއިން -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް ޔާމީނުގެ މައްޗަށް މިއަދު 11 އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމަނިކުފާނުގެ މައްޗަށް ކުރެވުނު ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުންނެވެ. ނަމަވެސް އިދިކޮޅުން އަދި ޔާމީނުގެ ވަކީލުންވެސް ވަނީ މި ހުކުމް ބަލައިނުގަންނާނެ ކަމަށް ބުނެ މަތީ ކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރާނެ ކަމަށް ބުނެފަ އެވެ.

ޖަލު ހުކުމާއެކު ޔާމީން މިހާރު ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން މާފުށީ ޖަލަށް ގެންގޮސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox