ސަޕޯޓަރުންގެ އުދާސްތައް؛ "ވޯޓު ކަރުދާހުގައި ޔާމީނުގެ ނަން ބޭނުން"

އިދިކޮޅު ކޯލިޝަނުން އުންމީދު އެލުވައެއް ނުލާ، ބުނަނީ އިންތިހާބުގެ ކަރުދާހުގައި ޔާމީނުގެ ނަން އޮންނާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އިދިކޮޅު ކޯލިޝަނުން އުންމީދު އެލުވައެއް ނުލާ، ބުނަނީ އިންތިހާބުގެ ކަރުދާހުގައި ޔާމީނުގެ ނަން އޮންނާނެ ކަމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މަނީ ލޯންޑްރިން އަދި ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމްކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އެމަނިކުފާނަށް ތާއިދުކުރާ އިދިކޮޅު ކޯލިޝަނުގެ ބައިވެރިންނާއި އިސްވެރިން އަންނަނީ އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކުރަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މި ދަނޑިވަޅުގައި ހުކުމެއް ކުރަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެވޭނެ ފުރުސަތު ނުދިނުމަށް ކަމަށް އިދިކޮޅު މުޒާހަރާގެ ބައިވެރިން ތުހުމަތުކުރެ އެވެ.

"ހުކުމް އިއްވާ ފަނޑިޔާރު ހުންނެވީ ރަހީނުކޮށްފައި"

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މިއަދުގެ ހުކުމަށް ދައުލަތުން އަންނަނީ "އިންތިހާއަށް" ނުފޫޒު ފޯރުވަމުންނެވެ. މިކަމަށް ބާރުދީ އެފަރާތްތަކުން ގޮވާލަމުން އަންނަނީ މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ރައީސް ޔާމީންގެ މައްޗަށް ކުރާ ހުކުމުގެ ކޮޕީއެއް ކަމަށް ބުނާ ލިއުމެވެ. މި ޝަރީއަތަށް ދައުލަތުގެ ނުފޫޒެއް ނެތް ނަމަ އެފަދަ ލިއުންތަކެއް ލީކުވާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށް އެމީހުން އަންނަނީ ބުނަމުންނެވެ.

އެމީހުން ތުހުމަތުކުރާ ގޮތުގާ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވާ ފަނޑިޔާރުން ތިއްބެވީ ރަހީނުކޮށްފަ އެވެ. އެއީ ފަނޑިޔާރުންްގެ އެއްވެސް ހިއްސާއެއް އޮންނާނެ ހުކުމެއް ނޫން ކަމަށް އެމީހުން ތުހުމަތުކުރެ އެވެ.

"އޭރުންސުރެ [ރައީސް ޔާމީން ޖަލަށް ލުމަށް ފުރަތަމަ ހުކުމް ކުރި ދުވަހުން ފެށިގެން] އަޅުގަނޑުމެން އައީ މިކަމަށް ނުފޫޒު އޮތް ކަމަށް ބުނަމުން. އަޅުގަނޑުމެން ދައްކާ ވާހަކަ ދިމާވާ އެއް ސަބަބު އެއީ ފަނޑިޔާރުކަމުގައި ތިއްބަވާ ބޭފުޅުން މަގާމުން ވަކިކުރީމަ ދެން އަޅުގަނޑުމެންނާ ދިމާވެގެން ދެކެވޭ ވާހަކަތައް އެއީ" އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.

"އަދިވެސް އުންމީދެއް ކަނޑައެއް ނުލަން، ނަސްރު ދެއްވާނެ"

މި ހުކުމުގައި ނުފޫޒު ބޮޑުވާނެ ކަމަށް ބުނަމުން އައި ނަމަވެސް އިދިކޮޅު މުޒާހަރާގެ ބައިވެރިން ތިބީ އަދިވެސް އުންމީދު ކަނޑާނުލާ ކަމަށް ބުނަަމުންނެވެ.

"އިރާދަކުރެއްވިއްޔާ މިއަދުގެ ހުކުމުންވެސް ސާބިތުވާނެ ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއްކަން. އެމަނިކުފާނުގެ މައުސޫމްކަން ސާބިތުވާނެ. މާތްﷲ ރައީސް ޔާމީނަށް ނަސްރު ދެއްވާނެ" މުޒާހަރާގެ ބައިވެެރިއަކު ބުންޏެވެ.

އެ ސަރަހައްދުގައި ތިބި ކޯލިޝަނުގެ އިސްވެރިންވެސް ތިބީ މި އަޒުމުގަ އެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަަބްދުﷲ ވިދާޅުވީ، 2023 ވަނަަ އަހަރުގެ އިންތިހާބުގެ ވޯޓު ކަރުދާހުގައި ރައީސް ޔާމީނުގެ ނަން އޮންނާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

"ޕީޕީއެމް ޕީއެންްސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން. ޖަލަށް ލިއަސް އެހެން ތާކަށް ލިއަސް ރައީސް ޔާމީން. އަޅުގަނޑުމެންގެ 2023ގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިއީ ރައީސް ޔާމީނަށް ކުރާ ޖެއްސުމެއް، އަނިޔާއެއްް"

"ސަރުކާރުން ކަނޑައެޅިގެން ރައީސް ޔާމީން ރިޔަސީ ކެނޑިޑޭޓަށް ވާތީ ކުރާ ކުރާ ޖެއްސުމެއް ނުވަތަ އަނިޔާއެއް މިއީ." ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox