މިއަހަރުގެ ބޭންކު ބަންދު ދުވަސްތަކުގެ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅައިފި އެވެ.
އެ ބޭންކުން މިއަދު އާންމުކުރި އެންގުމެއްގައި ބުނެފައިވަނީ މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާންޗުތަކާއި ހިދުމަތްދޭ މަރުކަޒުތައް ބަންދުވާނެ ކަމަށެވެ.
ބީއެމްއެލްގެ އެންގުމުގައި އިތުރަށް ބުނެފައިވަނީ ބޭންކު ބަންދުކުރާ ހަތަރު ދުވަހުގެ މުއްދަތުގައި ވެސް އޭޓީއެމް އަދި އިންޓަނެޓު ބޭންކިން މެދުވެރިކޮށް މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ. އަދި އެ ބޭންކުގެ ކަސްޓަމާ ސަޕޯޓު ނަމްބަރު 3330200 އިންވެސް ހިދުމަތް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.












