ދިރާގު ޓީވީގެ ހިދުމަތް ޖެނުއަރީ 29 ގައި ހުއްޓާލައި ސަން ސިޔާމް ނެޓަށް

ދިރާގު ޓީވީގެ ހިދުމަތް ޖެނުއަރީ 29 ގައި ހުއްޓާލައި ސަން ސިޔާމް ނެޓަށް

ދިރާގު ޓީވީގެ ލައިސެންސް އާކޮށް ނުދިނުމަށް ނިންމައި ރާއްޖޭގައި ރީބްރޯޑްކާސްޓު ކުރުމުގެ ހުއްދަ ދިރާގަށް ނުދެވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަނޑައަޅާފައިވާތީ އެ ހިދުމަތް ހުއްޓާލައި ސަން ސިޔާމް ނެޓު މެދުވެރިކޮށް ދިނުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަން ހާމަކޮށްފި އެވެ.

ދިރާގު ޓީވީއަށް ލައިސެންސް ނުދޭން ކޮމިޝަނުން ނިންމީ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކަށް ރިއާޔަތްކޮށެވެ. އިސްލާހުގައިވާ ގޮތުން ސަތޭކަ ޕަސެންޓް ދިވެހި ކުންފުންްޏަކަށް ނޫނީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ނުލިބޭނެ އެވެ.

ދިރާގަކީ އެފަދަ ކުންފުންޏެއް ނޫނެވެ. ދިރާގުގެ މެޖޯރިޓީ ހިއްސާދާރަކީ ބަހުރެއިންގެ ބަޓެލްކޯ އެވެ. އެހެންވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގެ ލައިސަންސަށް ދިރާގު މިހާރު ޝަރުތު ހަމައެއް ނުވެ އެވެ. އަދި، މިހާރު އެ ކުންފުނީގެ އަތުގައި އޮތް ލައިސެންސް އަންނަ ޖެނުއަރީ 29، އަށް ހަމަވެ އެވެ.

ރެގިއުލޭޓަރީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެ ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި އެ ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ހިދުމަތް ހުއްޓާލުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާކަން ދިރާގުން ވަނީ ހާމަކޮށްފަ އެވެ.

"ގަވާއިދުގައިވާ ގޮތުގެ މަތިން ހިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖެނުއަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ހިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސް،" އެ ނިންމުމާ ގުޅިގެން ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދި ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަދި، އެއަށްފަހު އެ ހިދުމަތް ދެމުންދާނީ ސަން ސިޔާމް ނެޓުން ކަމަށާއި އެކަމަށް ވާން ޖެހޭ އެއްބަސްވުންތައް މިހާރު ވެފައިވާ ކަމަށް ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"ދިރާގުގެ އައިޕީޓީވީ އަދި އޯޓީޓީ ވިއުގަ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަށް އެފަރާތާ އެކު ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އަދި އައު ރީބްރޯޑްކާސްޓަރުގެ ހިދުމަތަށް  ބަދަލުވާން ބޭނުންވާނަމަ، އެކަން ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމުވެސްވަނީ ހަމަޖެހިފަ އެވެ،" ދިރާގުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސަން ސިޔާމް ނެޓަކީ މީދޫ ދާއިރާގެ މެމްބަރު އަދި މޯލްޑިވްސް ޑިމޮކްރަޓިކް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ވިޔަފާރިއެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

ވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ދިރާގުޓީވީގެ ހިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް 100 އަށް ވުރެ ގިނަ ޕްރިމިއަމް ޗެނަލްތަކާ އެކު، ރާއްޖޭގެ 95 ރަށް ހިމެނޭގޮތަށް، ރާއްޖޭގެ 85 އިންސައްތަ ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

ބްރޯޑްކާސްޓިންގެ ލައިންސެންސް ދިރާގަށް ދޫކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންމެ ފަހުން ގެނައި އެެ ބަދަލާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މެމްބަރަކު ގަރާރެއް ވެސް ހުށަހެޅުއްވި އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ ގަވައިދުގެ މައްސަލަ ވެސް ވަނީ ހުށަހަޅާފަ އެވެ.

އެ ކޮމިޓީއަށް ހާޒިރުކުރުމުން ދިރާގުގެ ވެރިން އޭރު ވިދާޅުވީ ގަވައިދަށް ކުއްލިއަކަށް ގެނައި އިސްލާހުގެ ބޭނުމެއް ނުވިސްނޭ ކަމަށާއި އެކަންވީ ސަޕްރައިޒަކަށް ކަމަށެވެ. އެ ކުންފުނިން ވަނީ ޓީވީގެ ހިދުމަތް މެދުކަނޑާނުލާ ކުރިއަށް ގެންދެވޭތޯ އޮތްތޯ ބްރޯޑްކޮމްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox