ކެމްޕެއިނު ބެނާ ހަރު ކުރާ ނަމަ ހުއްދަ ނަގަން އަންގައި، ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާއެއް ކަނޑައަޅައިފި

Dec 22, 2022, 1:38 PM
ސިޔާސީ ޕާޓީއެއްގެ ދިދަތަކެއް މާލޭގައި ދަމާފައި: މީގެ ފަހުން އެފަދަ ތަކެތި މަގުމަތީ ބޭނުން ކުރެވޭނީ ހުއްދަ ނަގައިގެން -- ފޮޓޯ: އަދަދު ފައިލް

ސިޔާސީ ޕާޓީއެއްގެ ދިދަތަކެއް މާލޭގައި ދަމާފައި: މީގެ ފަހުން އެފަދަ ތަކެތި މަގުމަތީ ބޭނުން ކުރެވޭނީ ހުއްދަ ނަގައިގެން -- ފޮޓޯ: އަދަދު ފައިލް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ކެންޑިޑޭޓުންގެ ޕޯސްޓަރާއި ބެނާ ހަރު ކުރުމަށް ހުއްދަ ނަގަންޖެހޭ ގޮތަށް ނިންމައި، އެ އުސޫލާ ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެފަދަ ޕޯސްޓަރާއި ބެނާ ހިއްޕުމަށް ބޭނުންވާ ފަރާތްތަކުން މިހާރު އެ އިދާރާގައި ހުއްދައަށް އެދެވޭނެ ކަމަށެވެ. އަދި ބުނެފައި ވަނީ އެ އުސޫލާ ހިލާފުވާ ފަރާތްތައް ދުވާލަކު 1000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

"ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެނާ ދެމުމާއި އިސްތިހާރު ހިއްޕާ ހެދުމަކީ މަނާކަމެއް،" އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ކައުންސިލުން ބުނީ ހުއްދަ ނެތި ބެނާއެއް ހަރުކޮށްފި ނަމަ އެތަކެތި ނަގައި ވަގުތުން ނައްތާލާނެ ކަމަށާއި ގެއްލުންވާ އެއްވެސް މުދަލަކަށް އެ އިދާރާއިން ޒިންމާނުވާނެ ކަމަށެވެ.

"އެފަދަ އިސްތިހާރެއް ނުވަތަ ބެނާއެއް މާލޭ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ބަހައްޓާފައިވާނަމަ އެފަދަ އިސްތިހާރާއި ބެނާތައް ވަގުތުން މިކައުންސިލުގެ ބެލުމުގެ ދަށުން ނަގާ ނައްތާލެވޭނެކަމުގައި ދެންނެވީން،" އެ އިއުލާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox