ސޯލާ ޕްރޮޖެކްޓާ ގުޅިގެން ހުޅުމާލެ-މާލެ ހައިވޭގެ ލޭނެއް ބަންދުކުރަނީ

މިމަހުގެ 25 އިން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހަލިމަގުގެ ވާތްފަޅީގެ ލޭނު ވަކި ވަގުތުުތަަކަކަށް ބަންދުކުރާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިމަހުގެ 25 އިން ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ހަލިމަގުގެ ވާތްފަޅީގެ ލޭނު ވަކި ވަގުތުުތަަކަކަށް ބަންދުކުރާނެ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހުޅުމާލެ-މާލެ ހައިވޭގައި މިހާރު ކުރިއަށް ގެންދާ ސޯލާ ޕެނަލް ނިޒާމް ގާއިމްކުރުމުގެ މަޝްރުއޫއާ ގުޅިގެން އެ މަގުގެ އެއް ލޭނު ކޮންމެ ދުވަހަކު ވެސް ވަކި ވަގުތަކަށް ބަންދުކުރަން އެންވަޔަރަމެންޓް މިނިސްޓްރީން ނިންމިއިފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ، ހައިވޭއިން ލޭނެއް ބަންދުކުރުމަށް ނިންމާފައި ވަނީ ސޯލާ ޕެނަލް މަޝްރުއޫގެ ދަށުން ހައިވޭގެ ވާތް ފަޅީ (ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީ)ގައި ސޯލާ ޕީވީ ހަރުކުރުމަށް ނިންމާފައިވާތީ ކަމަށެވެ.

ހައިވޭގެ މޫދާވީ ފަޅީގައި ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ފަށާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށެވެ. ބަންދުކުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 އިން 11:30 އަށް އަދި މެންދުރު 13:30 އިން 04:30 އަށެވެ.

ހަލިމަގުުން ބަންދުކުރާ ސަރަހައްދު
ހަލިމަގުުން ބަންދުކުރާ ސަރަހައްދު

ހަލިމަގުުން ބަންދުކުރާ ސަރަހައްދު

ލޭނު ބަންދުކުރަން ނިންމާފައި ވަނީ ކަމާ ގުޅުން ހުރި އިދާރާތަކުގެ ހުއްދައާ އެކުކަން ފާހަގަކޮށް އެ މިނިސްޓްރީން ބުނީ، ލޭނު ބަންދު ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މި މަޝްރޫ ކުރިއަށް ގެންދަނީ ތައިލެންޑުގެ "އެންސިސް ކޯ" ކުންފުނިންނެވެ. މިމަހުގެ ހަވަަނަ ދުވަހު ފެށި މި މަޝްރުއޫ ނިންމާލެވޭނެކަމަށް ލަފާކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށެވެ. ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހޭދަވާ މި މަޝްރުއޫއަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރާނެ އެވެ.

އެ މަޝްރޫއުން އުފައްދާ ކަރަންޓު ގަތުމަށް ހޭދަކުރާ މިންވަރާއި ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދަ އަޅައިކިރާއިރު، ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ދައުލަތަށް ސަލާމަތް ކުރެވޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox