އިންޑިއާގެ ރިހެބިލިޓޭޝަން ސެންޓަރެއްގައި ހުރި ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ ބްލޮސަމްސް ކޮންވަލެސެންޓް ކެއަ ޓްރަސް ނަމަކަށް ކިޔާ ރިހެބިލިޓޭޝަން ސެންޓަރަކުން ފަރުވާ ހޯދަމުން އަންނަ ކުޅުދުއްފުށި، ރެޑްކޯސްޓް، އަބްދުﷲ އާލިމް ނަމަކަށް ކިޔާ މީހެކެވެ.
ގެއްލިގެން ހޯދަމުން އަންނަ އާލިމްގެ ކޮއްކޮ އަހުމަދު އާޒިމް "އަދަދު"އަށް ބުނީ އޭނާގެ ބޭބެ ގެއްލިފައި ވަނީ މި މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އޭނާ އެންމެ ފަހުން ހުރީ ރިހެބް ސެންޓަރުގައި ކަމަށް އާޒިމް ބުންޏެވެ.
އާޒިމް ހިއްސާކުރި ގޮތުގައި, އޭނާގެ ބޭބެއަކީ އެއްވެސް ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަކަށް ވެސް ފާހަގައެއް ނުކުރެވެ އެވެ. އަދި އޭނާ ފަރުވާ ހޯދަމުން ދިޔަ ރިހެބް ސެންޓަރުގެ އެއްވެސް ކަމަކާ ހިތްހަމަ ނުޖެހޭ ފަދަ ވާހަކައެއް ވެސް ހިއްސާކޮށްފައި ނުވާ ކަމަށް އާޒިމް ބުންޏެވެ.
އާޒިމް އިތުރަށް ބުނީ އާލިމްގެ އެއްވެސް ރަހުމަތްތެރިއަކު ވެސް އިންޑިއާގައި ނުހުންނާނެ ކަމަށާއި، އެހެން ކަމުން މީހަކާ އެކީ ވެސް ގޮސްދާނެ ކަަމަށް ބުނަން ނޭނގޭ ކަމަށެވެ.

އާޒިމް ވަނީ އޭނާގެ ބޭބެގެ އެއްވެސް މައުލޫމާތެއް އެނގޭ މީހެއް ވާނަމަ އޭނާގެ ފޯނު ނަންބަރު 9825544 އަށް ގުޅާ އެކަން ހިއްސާކުރުމަށް އެދިފަ އެވެ.













