ބިޑަށް ނުލައި ދުވާފަރު ކައުންސިލުން 2.3 މިލިއަން ރުފިޔާ ހަރަދު ކުރިކަން ހާމަވެއްޖެ

Dec 19, 2022, 2:45 PM
ދުވާފަރު ކައުންސިލްގެ ރައީސް އެ ކައުންސިލުން ބޭއްވި ހަރަކާތެއްގައި: ކައުންސިލްގެ ހުރިހާ މެމްބަރުން މިވަގުތު ތިބީ ވަޒީފާއަށް ނިކުތުން މަނާކޮށްފައި -- ފޮޓޯ: ކައުންސލިލްގެ އިދާރާ

ދުވާފަރު ކައުންސިލްގެ ރައީސް އެ ކައުންސިލުން ބޭއްވި ހަރަކާތެއްގައި: ކައުންސިލްގެ ހުރިހާ މެމްބަރުން މިވަގުތު ތިބީ ވަޒީފާއަށް ނިކުތުން މަނާކޮށްފައި -- ފޮޓޯ: ކައުންސލިލްގެ އިދާރާ

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ރ. ދުވާފަރު ރަށު ކައުންސިލުގެ ހުރިހާ މެމްބަރުން ގެއަށް ފޮނުވާލާފައި ހުއްޓައި، މިދިޔަ އަހަރު އެ ކައުންސިލުން ބިޑަކަށް ނުލައި 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ހާމަވެއްޖެ އެވެ.

ދުވާފަރު ކައުންސިލުގެ ފަސް މެމްބަރުންގެ އިތުރުން އެ ކައުންސިލުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއަށް ނިކުތުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މަނާ ކުރީ ރައްޔިތުންގެ ފައިސާގެ 1.7 މިލިއަން ރުފިޔާ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް، ހަރަދު ކުރި މައްސަލަތަކެއް ފަޅާއެރުމުންނެވެ.

އޮޑިޓު އޮފީހުން މިއަދު ނެރުނު ދުވާފަރު ކައުންސިލުގެ މިދިޔަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ވެސް ވަނީ ވަރަށް ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން، ގާނޫނާއި ގަވާއިދާ ހިލާފަށް މުދާ ގަތުމާއި ފައިސާ ހަރަދު ކުރުމާއި ވިޔަފާރިކުރުން ހިމެނެ އެވެ. އެކަމަކު، އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ރިޕޯޓުން ފާހަގަ ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބިޑަކަށް ނުލައި އަދި ބިޑު ކޮމެޓީގެ ހުއްދަ ނެތި 2.3 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ހޯދާފައިވުމެވެ.

"ކައުންސިލުގެ އިދާރާއިން އާންމުކޮށް ބީލަމަށް ހުޅުވާލުމާއި ޕްރޮކިއުމެންޓުގެ ކަމެއް ކުރުމަށް ހުއްދަ ދެވޭ މިންގަނޑާއި އެއްގިތަށް ތަކެއްޗާއި ހިދުމަތް ހޯދުމުގައި މި ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައެއް ނުވޭ. މިގޮތުން 2021 ވަނަ އަހަރު އާންމުކޮށް އިއުލާނުނުކޮށް، މީލަމުގެ އުސޫލަށް ނުގޮސް އަދި ބިޑު ކޮމެޓީގެ ހުއްދައާ ނުލައި ޖުމްލަ 2،373،969ރ. ހަރަދުކޮށްފައިވޭ،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ވެސް، ފައިސާ އާއި މުދާ ހަރަދު ކުރުމާއި ގެންގުޅުމުގައި ވެފައި ހުރި ބޮޑެތި އިހުމާލުތަކެއް ވެސް އޮޑިޓު ރިޕޯޓުން ހާމަވި އެވެ. އެގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް ކުރި 15 ކަމެއް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް އޮޑިޓު އޮފީހުން އޮތީ ލަފާ ދީފަ އެވެ.

ދުވާފަރު ކައުންސިލުގެ އޮޑިޓުން ފާހަގަވި ބައެއް މައްސަލަތައް

  • މުދާ ގަންނަ ފޯމު ފުރިހަމަނުކޮށް 1.8 މިލިއަން ރުފިޔާ ހަރަދު ކުރި
  • މުދަލަށް އޯޑަރު ކުރި ފޯމު ފުރިހަމަނުކޮށް 1.6 މިލިއަން ރުފިޔަ ހަރަދު ކުރި
  • ޝޮޕިން އުސޫލާ ހިލާފަށް 1.8 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ހޯދާފައި
  • ބީލަމަށް ނުގޮސް 2.3 މިލިއަން ރުފިޔާގެ މުދަލާއި ހިދުމަތް ހޯދި
  • ކައުންސިލުގައި ބެހެއްޓި ނަގުދު ފައިސާގެ ލިޔެކިޔުން ނެތުމާއި ހިސާބު ދިމާނުވުން
  • އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ގަވާއިދުން ބޭންކަށް ޖަމާނުކުރުން
  • ތިޖޫރީން ނެގި 242،000ރ. ހަރަދު ކުރި ގޮތް އެނގެން ނެތުން
  • ސްޓޮކާއި ހަރުމުދަލުގެ ރަޖިސްޓްރީ ނުބެލެހެއްޓުން
  • ދަތުރުތަކުގެ އެއްވެސް މައުލޫމާތެއް ނުލިޔެ، 387،900ރ. ގެ ދަތުރުފަތުރު ކުރުން
  • ބިމު ކުލީގެ ގޮތުގައި ލިބެންޖެހޭ 1.3 މިލިއަން ރުފިޔާ ހޯދަން މަސައްކަތް ނުކުރުން
  • ދަރަންޏަށް 1.3 މިލިއަން ރުފިޔާ ނެގުމަށްފަހު ފައިސާ ލިބެންވީ މީހާގެ ބަދަލުގައި މެމްބަރުން އެކައުންޓުތަކަށް ޖަމާކުރުން

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox