މާލޭ ވެސްޓު ޕާކާ ދިމާލު ބޭރުން މާލޭގެ ފަޅު ތެރެެއަށް މިއަދު ދޯންޏެއް ބަންޑުން ޖަހާލައިފި އެވެ.
އެ ހާދިސާއާ ގުޅިގެން ސިފައިން ބުނީ ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑް ހާބަރު ކްރާފްޓް-113 އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
ބަންޑުން ޖަހާލި ދޯނީގެ ތަފުސީލެއް އަދި ހާދިސާގައި މީހަކަށް އަނިޔާވި ކަން ސިފައިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެމްއެންޑީއެފްއިން ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުން އެ ދޯނި ބަންޑުން ޖަހާލާފައިވަނީ މާލެއާ ފުދޭވަރަކަށް ކައިރިންނެވެ.













