ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ސެމީ-ފައިނަލްގެ މެޗުތައް ބައްލަވާލެއްވުމަށް ރައީސްގެ ދެކަނބަލުން އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްސާނީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
މި ރަސްމީ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ފީފާ ވޯލްޑް ކަޕް 2022ގެ ސެމީ-ފައިނަލް މެޗުތައް ބައްލަވާލައްވަން ހަމަޖެހިފައިވާއިރު، މިއީ ރާއްޖެއާއި ގަތަރާއު ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
މިފަހަރުގެ ވޯލްޑްކަޕްގައި ސެމީ-ފައިނަލަށް ދަތުރުކުރީ ކްރޮއޭޝިޔާ، އާޖެންޓީނާ، ފްރާންސް އަދި މޮރޮކޯ އެވެ.
ސެމީ ފައިނަލްގެ މެޗުތައް އަންގަރާ އަދި ބުދަ ދުވަހުގެ ރޭ ބާއްވާގޮތަށް ހަމަޖެހިފައިވާއިރު، އަންގާރަ ދުވަހުގެ ރޭ ބައްދަލުކުރާނީ ކްރޮއޭޝިޔާ އަދި އާޖެންޓީނާ އެވެ. އަދި ބުދަ ދުވަހުގެ ރޭ ބައްދަލުކުރާނީ ފްރާންސާއި މޮރޮކޯ އެވެ.














