އަމިއްލައަށް ޕާޓީތަކަށް ރެޖިސްޓްރީ ވެވޭނެ އޮންލައިން ޕޯޓަލެއް ތައާރަފް ކުރަނީ

ޕާޓީތަކަށް ވަނުމަށް މިހާރު ބޭނުން ކުރަމުން އަންނަ ފޯމު؛ އީސީން އަންނަނީ އޮންލައިން ޕޯޓަލެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން-- ފޮޓޯ: އަދަދު

ޕާޓީތަކަށް ވަނުމަށް މިހާރު ބޭނުން ކުރަމުން އަންނަ ފޯމު؛ އީސީން އަންނަނީ އޮންލައިން ޕޯޓަލެއް ތައާރަފް ކުރުމުގެ މަސައްކަތް ކުރަމުން-- ފޮޓޯ: އަދަދު

ސިޔާސީ ޕާޓީއަކަށް އެމީހަކު އަމިއްލައަށް ރެޖިސްޓްރީވެވޭނެ އޮންލައިން ޕޯޓަލެއް ތައާރަފްކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ބުނެފި އެވެ.

މިހާރު ހަމަޖެހިފައި އޮންނަ ގޮތުން ޕާޓީތަކަށް ރެޖިސްޓްރީވުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނަނީ ޕާޓީތައް މެދުވެރިކޮށެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު "އަދަދު"އަށް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ޕާޓީއަށް ރެޖިސްޓްރީވުމަށް ޓަކައި، އެ މީހެއްގެ އަމިއްލަ ފޯނަށް ހާއްސަ އޯޓީޕީއެއް ދާނެ ކަމަށެވެ.

Advertisement

"ޕޯޓަލަކަށް ވަދެގެން އެންޓާ ކުރާނީ، އަދި އަޅުގަނޑުމެންނަށް އޭގެ ތެރޭގައި ހިމެނޭނެ އޯޓީޕީއެއް، އޮޓޯމެޓިކުން އަންނަ ގޮތަށް،" ފުއާދު ވިދާޅުވި އެވެ.

މިހާރު ކުރިއަށް ދަނީ މި ސޮފްޓްވެއާ ޓެސްޓު ކުރުމުގެ މަސައްކަތް ކަން ފުއާދު ފާހަގަކުރެއްވި އެވެ.

"ވަރަށް ރަނގަޅަށް ޓެސްޓުކޮށްފައި ނޫނިއްޔާ މިކަހަލަ ސޮފްޓްވެއާއެއް ދޫކޮށްލާކަށް ބޭނުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފޮޓޯ ޖެހި ފޯމާއެކު އަދަދު ދަށަށް

ސައްހަ ނޫން ފޯމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ޑިސެންބަރު މަހުން ފެށިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

ފުއާދު ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅަން ޖެހޭ ފޯމުގައި ޕާޓީއަށް ވަންނަ މީހާގެ ޕާސްޕޯޓު ސައިޒު ފޮޓޯ ޖެހުމުގެ އިތުރުން އެ މީހާގެ މަންމަގެ މައުލޫމާތު ހިމަނަން ޖެހޭނެ އެވެ.

ޑިސެންބަރު މަހުގެ ފަހުން ހުށަހަޅާ ފޯމުގައި ފޮޓޯއާއި މަންމަގެ ނަން ހިމަނަން ޖެހޭ---
ޑިސެންބަރު މަހުގެ ފަހުން ހުށަހަޅާ ފޯމުގައި ފޮޓޯއާއި މަންމަގެ ނަން ހިމަނަން ޖެހޭ---

ޑިސެންބަރު މަހުގެ ފަހުން ހުށަހަޅާ ފޯމުގައި ފޮޓޯއާއި މަންމަގެ ނަން ހިމަނަން ޖެހޭ---

"މިކަން މިގޮތަށް ކުރަން ޖެހުނު ސަބަބަކީ އައިޑީކާޑުގެ ކޮޕީ ލިބޭ ކޮންމެ މީހަކަށް ޕާޓީތަކަށް އެބަ ވަދެވޭ ކޮންމެވެސް މީހެއްގެ އިނގިލީގެ ނިޝާން ޖަހައިގެން، އައިޑީކާޑުގައި ނީންނާނެ މަންމަގެ ނަމެއް، އެކަމަކު އަޅުގަނޑުމެންނަށް ޗެކް ކުރެވެން އެބައޮތް،" ފުއާދު ވިދާޅުވި އެވެ.

މި ބަދަލާއެކު މިހާރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެގޮތުން ކުރިން ދުވާލެއްގެ މައްޗަށް 600 އެއްހާ ފޯމު ހުށަހެޅުނު ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 100 ފޯމު ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox