މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްްއެންޑީއެފް އިން ބުނީ އަޑިއަށް ގޮސްފައި ވަނީ ނ. ވެލިދޫން ފުރައިގެން ށ. ގޮއިދު އަށް ދަތުރުކުރަމުންދިޔަ "ހައިޝަމް" ނަމަކަށް ކިޔާ ކުޅުދުއްފުށީ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.
އެ ދޯނި އަޑިއަށް ދިޔަ އިރު ދޯނީގައި ހަތަރު ދިވެހިން ތިބި ކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ދިގުމިނުގައި 70 ފޫޓުގެ އެ ދޯނި ށ. ބޮޑުޅައިމަންދޫ ކައިރިން، ދިޔަވެ އަޑިއަށްދިއުމާ ގުޅިގެން ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
"މި ހާދިސާގެ މައުލޫމާތު މިއަދު 11:13 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ.ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް ވަނީ އެ ސަރަހަށްދަށް ގޮސްފައެވެ." އެމްއެންޑީއެފް ބުންޏެވެ.













