ކަޅޭ ބުނުމަކީ ނަސްލީ ތަފާތުކުރުމަށް ވަނީ ކީއްވެ؟

ކަޅޭ ބުނުމަކީ ނަސްލީ ތަފާތުކުރުމަށް ވަނީ ކީއްވެ؟

މި ދެދުވަހެއްގެ ހޫނު މައުޟޫއުއަކީ ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0 އިން މޮރޮކޯ މޮޅުވި މެޗާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކުރީގެ މަޝްހޫރު ގޯލްކީޕަރު ޒަރިޔަންދު ކުރި ކޮމެންޓެވެ. ސްޕެއިންގެ ސްކޮޑްގައި ހިމެނޭ ކަޅު ނަސްލަށް ނިސްބަތްވާ ހަމައެކަނި 2 ކުޅުންތެރިންނަށް ނިސްބަތްކޮށް "ހަން ކަޅު ދެ ކުޅުންތެރިން އަރުވައިގެން ވެސް ފައިދާއެއް ނުކުރި" ކަމަށް ޒަރިޔަންދު ބުނި ބުނުމަކީ ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުމުގެ އަމަލެއްކަމަށް ދެކި ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.

ރޭސިޒަމް ނުވަތަ ނަސްލީ ތަފާތުކުރުން ދެނެގަތުން

ކަޅު މީހަކަށް ނިސްބަތްކޮށް ދޮން މީހެކޭ ބުނެފިނަމަ އެ ވާނީ ދޮގަކަށެވެ. ރަނގަޅު ނޫން ސިފަކުރުމަކަށެވެ. އެހެންނަމަވެސް ކަޅު މީހަކު ކަޅޭ ބުނެގެން އެއީ ނަސްލީ ތަފާތުކުރުމުގެ އަމަލެއްކަމަށް ބައެއް ފަހަރު ދެކެވޭ ގޮތް މި ވަނީ ކީއްވެގެންތޯ ވިސްނާލިން ހެއްޔެވެ؟ ބަސް ބުނާ ވަގުތާއި ހާލަތާއި ރާގަކީ ރޭސިސްޓު ބަސްމަގުތޯ ދެނެގަނެވިދާނެ ގޮތެކެވެ.

މިސާލަކަށް، މީހަކު ގެއްލިގެން، ނުވަތަ ތަހުގީގެއްގެ ބޭނުމަށްޓަކައި ނުފެނިގެން އިއުލާނުކުރާއިރު، އެމީހެއްގެ އުމުރާއި އިސްކޮޅާއި، ރޫފައާއި ހަމުގެ ކުލަ ވެސް އިއުލާނުގައި ހިމަނާފައި އޮވެ އެވެ. އެއީ ތަހުގީގީ އިދާރާއިން ހިންގާ ރޭސިސްޓު އަމަލެއް ކަމަށް އެއްވެސް މީހަކު ސިފައެއް ނުކުރެ އެވެ. އެހެންނަމަވެސް މަގުމަތިން މީހަކު ހުއްޓުވުމަށް އޭނާއާ މުހާތަބުކުރުމަށް 'އޭ މިހިރަ ކަޅު މީހާއޭ މަޑުކުރާށޭ' ބުނެފިނަމަ އެއީ ހަމުގެ ކުލައަށް ބަލައި ތަފާތު ކުރުމުގެ އަމަލަކަށް ވެ އެވެ. ސަބަބަކީ އެ ބަސް ނިސްބަތްވާ މީހާއަށް އެ ހާލަތުގެ ގޮތުން އެ ވާހަކަ ނަގައިގަނެވޭ ގޮތެވެ.

ރޭސިޒަމް ދެނެގަތުމުގައި ތާރީހާއި ސަގާފަތުގެ ދައުރު

ކަޅޭ ބުނީމާ ހިތްހަމަނުޖެހޭނީ އޭގެ ފަހަތުގައި ސަބަބުތަކެއް ހުރީމަ އެވެ. އިންސާނާގެ ހަމުގެ ކުލައަށް ބަލައި ތަފާތުކުރުން އޮތް ނިސްބަތުގެ ސަބަބުން ކަޅު ނަސްލުގެ މީހުން ކުރިމަތިލާންޖެހުނު ނުރައްކަލާއި ތަކުލީފުތަކަކީ ހަމައެކަނި ކަޅޭ ބުނެ މުހާތަބުކުރުމުން އެ ކުރާ އަސަރުގެ ހަގީގީ ސަބަބެވެ.

ތާރީހުގެ އެކި ހާދިސާތަކަށް ބަލައި، ބައެއް ބޮޑެތި ބްރޯޑްކާސްޓަރުން ވަނީ ފުޓުބޯޅަ ކޮމެންޓޭޓަރުން ވަކި ބަސްތަކެއް ބޭނުންނުކުރުމަށް އަންގާފަ އެވެ. ބީބީސީ އިން މިގޮތަށް އަންގާފައި ހުރި ބައެއް ބަސްތަކުގެ ތެރޭގައި 'ސޯލްޑް ޑައުން ދަ ރިވަރ'، އަދި 'ކޭކްވޯކް' ފަދަ ބަސްތައް ހިމެނެ އެވެ. ފުޓުބޯޅަ ކޮމެންޓްރީގައި 'ސޯލްޑް ޑައުން ދަ ރިވަރ' މި ބަސް ބޭނުންކުރަނީ އަމިއްލަ ޓީމަށް ނުވަތަ ޓީމުގެ ކުޅުންތެރިޔަކަށް ދެރައެއްވާގޮތަށް، ނުވަތަ އޮޅޭގޮތަށް ޓީމުގެ އެހެން ކުޅުންތެރިޔަކަށް އަމަލުކުރެވޭ ހާލަތުގަ އެވެ. އެހެންނަމަވެސް އެ ބަސް އުފެދިގެން އައީ ނަވާރަ ވަނަ ގަރުނުގައި، ދަނޑުވެރިކަމުގެ މަސައްކަތަށް އަޅުންގެ ގޮތުގައި ކަޅު ނަސްލުގެ މީހުން ވިއްކި ވިއްކުމަށް ނިސްބަތްކޮށެވެ.

ހަމައެގޮތަށް، 'ކޭކްވޯކް' އޭ ފުޓުބޯޅަ ކޮމެންޓޭޓަރުން ކިޔަނީ ކުޅުންތެރިޔަކު ނުވަތަ ޓީމުން ވަކި ކަމެއް ވަރަށް ފަސޭހައިން ކޮށްލާ ހާލަތުގަ އެވެ. މިސާލަކަށް ކުޅުން ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖަހާލާ ގޯލެއް ސިފަކުރާނީ 'ކޭކްވޯކް' އެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް، އެ ބަހަކީ އަޅުންގެ ގޮތުގައި ގެންގުޅުނު ކަޅު ނަސްލުގެ މީހުން ލައްވައި މަޖުބޫރުން ކުރުވާ ޑާންސަށް ކިޔައި އުޅުނު ނަމެވެ.

ފުޓުބޯޅައާއި ނަސްލީ ތަފާތުކުރުން

ހަމުގެ ކުލައަށް ބަލައި ތަފާތުކުރުމަކީ ފުޓުބޯޅަ ކޮމެންޓްރީގައި ދިގު ތާރީހަކާއި މޫ ލާފާއިވާ އާދައެއް އޮތް ކަމެކެވެ. ޕްރޮފެޝަނަލް ފުޓްބޯލް އެސޯސިއޭޝަންއާއި ރަންރިޕީޓް ކިޔާ ޖަމްއިއްޔާއެއް ގުޅިގެން 2020 ވަނަ އަހަރު ހެދި ދިރާސާއަކުން މިކަން ފެންނާން އެބައޮތެވެ. އެ ދިރާސާގެ ހޯދުން އެ ދެ ޖަމްއިއްޔާއިން ފީފާއާ ވެސް ހިއްސާ ކުރި އެވެ.

މި ދިރާސާ ކުރިއަށް ގެންދިއުމުގައި ޕްރިމިއަރ ލީގާއި، ލަލީގާ ގެ 80 މެޗެއްގެ ކޮމެންޓްރީގައި ބޭނުންކުރި 2074 ކޮމެންޓްރީ ސްޓޭޓްމަންޓް އެނަލައިޒް ކުރި އެވެ. ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި، ކުޅުންތެރިންގެ ހުށިޔާރުކަމާ ގުޅޭގޮތުން ކޮމެންޓޭޓަރު ވާހަކަ ދެއްކުމުގައި ދޮން ކުޅުންތެރިންގެ ހުށިޔާރުކަމަށް ތައުރީފުކޮށް ކުރި ކޮމެންޓުތަކުގެ އިންސައްތަ 62.60 ގައި ހުރިއިރު، ކަޅު ކުޅުންތެރިން ވިސްނުންކޮށިކަމަށް ބުނެ ކުރި ކޮންމެޓުތަކުގެ އިންސައްތައަކީ 63.33 އެވެ. ކުޅުންތެރިންގެ ހަށިހެޔޮކަމާ ގުޅިގެން ވާހަކަ ދެއްކުމުގައި ދޮން ކުޅުންތެރިންނަށް ނިސްބަތްކުރާ ރަނގަޅު ކޮމެންޓުތައް ކަޅު ނަސްލުގެ ކުޅުންތެރިނަށް ކުރާ އެފަދަ ކޮންމެޓުތަކަށްވުރެ 6.59 އިންސައްތަ އިތުރެވެ. ކަޅު ނަސްލުގެ ކުޅުންތެރިއެއް ނަމަ އެ ކުޅުންތެރިޔަކީ ކާކުކަން ކިޔައިދިނުމުގައި އޭނާއަކީ 'ކަޅު މީހެއް' ކަން ފާހަގަކޮށް ވާހަކަ ދައްކާކަން ވެސް މި ދިރާސާގައި ފާހަގަކޮށްފައި ވެ އެވެ. ކުޅުންތެރިންނަށް ފާޑު ކިޔުމުގައި 73.53 އިންސައްތަ ފާޑު ކިޔުން ނިސްބަތްކޮށްފައި ހުރީ ކަޅު ނަސްލުގެ ކުޅުންތެރިންނަށެވެ.

މި ހުރިހާ ތަފާތުކުރުމެއްގެ ހަމައެކަނި ސަބަބަކީ އެ ކުޅުންތެރިންގެ ހަމުގެ ކުލަ އެވެ.

ޒަރިޔަންދު ކުރި ކޮމެންޓުގައި އޭނާގެ ބަސްމަގަށް ވިސްނާއިރު، އެ ކޮމެންޓުކުރި ހާލަތީ ކުޅުންތެރިންގެ ހަމުގެ ކުލަ ފާހަގަކުރަންޖެހޭ ހާލަތެއް ނޫނެވެ. އެ ދެ ކުޅުންތެރިންނަކީ ސްޕެއިންގެ ސްކޮޑުގައި ހިމެނޭ ކަޅު ނަސްލުގެ ދެ ކުޅުންތެރިންނެވެ. އަމުދުން ސްޕެއިންއަށް ރަނގަޅު ކުޅުމެއް ނުދެއްކުނުކަން ސާބިތުކޮށްދޭން ދެއްކި ވާހަކައިގެ ތެރެއިން 'ހަންކަޅު' ކުޅުންތެރިންގެ ވާހަކަ ގެނައުމަކީ ހަމުގެ ކުލައަށް ބަލައި ދަށްކޮށްލަން ބޭނުންކުރި އިބާރާތެއްކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.

ފުޓުބޯޅަ އާއި، އެނޫން ކުޅިވަރުތަކާއި އާންމު ދިރިއުޅުމުގައިވެސް ރޭސިސްޓު ނުވަތަ ނަސްލީ ތަފާތުކުރުމުގެ ބަސްމަގާ ދުރަށް ދާންޖެހެ އެވެ. ބަސް ބުނާ ވަގުތާއި ހާލަތަށް ބަލައި، އެ ބަސް ތަރުޖަމާކުރެވިގެން ދާނީ ކޮން ގޮތަކަށްކަން ނުވަތަ އެ ބަހުން އަނެކާއަށް ކުރުވާނެ އަސަރަކީ ކޮބައިކަން ވިސްނާލުމަށްފަހު މެނުވީ ބަސް ނުބުނުން ރަނގަޅެވެ. ބަސް ބުނާ ހިނދު ބަހަކީ ތިބާގެ އަޅެކޭ، ބުނުމަށްފަހު ތިބާއީ ބަހުގެ އަޅެކޭ އެ ބުނަނީ ހަމަ ހެޔޮކޮށެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox