ވަގު ފޯމުތަކަށް ޖޫރިމަނާ ނުކުރާ ގޮތަށް އީސީން ނިންމައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ވޯޓެ ލެވޭ މީހުންގެ ދަފްތަރެއް؛ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މިހާރަކަށް އައިސް ވަނީ އިތުރުވެފަ. ފޮޓޯ: އަދަދު ފައިލް

ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން ވޯޓެ ލެވޭ މީހުންގެ ދަފްތަރެއް؛ މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ މިހާރަކަށް އައިސް ވަނީ އިތުރުވެފަ. ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުން މެމްބަރުން އިތުރުކުރަން ސައްހަ ނޫން ފޯމު ހުށަހަޅާ މައްސަލަ ބޮޑުވެ، އެ ގޮތަށް ހުށަހަޅާ ސައްހަ ނޫން ފޯމުތަކަށް ބޮޑު ޖޫރިމަނާ ކުރަން ނިންމި ނިންމުމަށް އަމަލު ނުކުރަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ޕާޓީއަކުން ހުށަހަޅާފައިވާ ސައްހަ ނޫން ކޮންމެ ފޯމަކަށް، ޕާޓީގެ ރަޖިސްޓްރާ ފުރަތަމަ ފަހަރު 5،000ރ. އިން އަދި އޭގެ ފަހުން 10،000ރ. އިން ޖޫރިމަނާކުރަން އީސީން ނިންމާފައިވަނީ މިދިޔަ ޖޫން މަހު އެވެ.

އީސީގެ މި ނިންމުމަށް ފަހު އެއްވެސް ޕާޓީއެއް ޖޫރިމަނާކޮށްފައިވޭތޯ "އަދަދު" އިން ސުވާލުކުރުމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މި މައްސަލައިގައި ޖޫރިމަނާ ނުކުރަން ނިންމާފައިވަނީ ޕާޓީތަކާ އެކު އެތައް ފަހަރެއްގެ މަތީން މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

ޖޫރިމަނާ ކުރުމަށް ވިސްނި ނަމަވެސް، އެކަމުގައި "ޕާޓީތަކުގައި ވިދާޅުވާ އެއްޗެއް ވެސް" އަޑު އަހަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް އަދި އިތުރު ފުރުސަތެއް އެ ބޭފުޅުންނަށް ދެއްވުމަކީ، އެހެންވީމާ އަޅުގަނޑުމެން އަދި ޖޫރިމަނާއެއް ނުކުރަން މިކަމުގައި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ޕާޓީތަކުން ފާހަގަކުރާ ގޮތުގައި ގިނަ ފޯމުތަކަކީ އެކިއެކި ރަށްރަށުން ހެޔޮ އެދޭ ފަރާތްތަކުން ފޮނުވާ ފޯމުތަކެވެ. މިފަދަ ފޯމުތައް އީސީއަށް ހުށަހެޅުމުގެ ކުރީން ޕާޓީތަކުން ވެސް ޗެކްކުރާ ކަމަށް ސިޔާސީ ޕާޓީތަކާ ހަވާލާދީ ފުއާދު ވިދާޅުވި އެވެ.

ޖޫރިމަނާނުކުރަން ނިންމުމުގައި ރިއާޔަތް ކުރި އަނެއް ކަމަކީ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ލިބެނީ އެންމެ ހަތަރު ޕާޓީ ކަމަށް ވެފައި، އެހެން ޕާޓީތަކުގެ މަސައްކަތް ކުރަނީ އެހެނިހެން ގޮތްގޮތުން ލިބޭ އެހީތަކުން ކަމަށްވުމުންނެވެ. އަދި، ޖޫރިމަނާ ކޮށްފިނަމަ ވެގެން ދާނީ އެ ޕާޓީތަކަށް ވަރަށް ބޮޑު މާލީ ބުރައަކަށް ކަމަށް ވިދާޅުވި އެވެ.

"[ޕާޓީތަކުން ބުނަނީ] ޕާޓީތަކަށް ލިބޭ ވަރަށް ބޮޑު ދެރައަކަށް ވާނެޔޭ އެތައް ހާސް ރުފިޔާއަކުން އަޅުގަނޑުމެން ޖޫރިމަނާ ކޮށްފިއްޔާ، އެ ގޮތަށް ޖޫރިމަނާ ކުރަންޏާ އެ ޕާޓީއަށް ޑިމޮކްރެސީއަށް ޓަކައި ކުރަން އޮތް މަސައްކަތުގެ ބަދަލުގައި ޖޫރިމަނާގެ ފައިސާއަށޭ ހޭދަ ކުރަން ޖެހޭނީ،" ފުއާދު ވިދާޅުވި އެވެ.

ޕާޓީތަކާ އެކު ކުރިއަށް ގެންދަމުން އަންނަ ސިލްސިލާ މަޝްވަރާތަކާއި، އީސީން ދެމުން އަންނަ ލަފާތައް ގަބޫލުކޮށް، ޕާޓީތަކުން ހުށަހަޅާ ވަގު ފޯމުތައް މިހާރު ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަން ވެސް ފުއާދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox