ސަލްމާން މިސްކިތުގެ އޭސީ މަސައްކަތްތައް މި މަހު 25 ގެ ކުރިން ނިންމަނީ

ސަލްމާން މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދުކުރަނީ. ފޮޓޯ/ ޝާބިން، އަދަދު

ސަލްމާން މިސްކިތުގެ ބޭރުގައި ބަޔަކު ނަމާދުކުރަނީ. ފޮޓޯ/ ޝާބިން، އަދަދު

ސަލްމާން މިސްކިތުގެ އޭސީތަކުގެ މަސައްކަތް މިމަހުގެ 25 ގެ ކުރިން ނިންމާލެވޭނެ ކަމަށް އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރު މައުލޫމާތު ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެެވެ.

ސަލްމާން މިސްކިތުގެ އޭސީތައް ހަލާކުވެފައި ހުންނަތާ ގިނަ ދުވަސްވެފައިވާއިރު، މިސްކިތަށް ނަމާދު ކުރަންދާ މީހުން ދަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.

އޭސީތަކުގެ މައްސަލަ އާއި ގުޅިގެން މި ނޫހުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީން ބުނީ، އޭސީތަކުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި، އެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު ރާއްޖޭން ބޭރުން މި މަހުގެ 15 ގެ ކުރިން ލިބޭނެ ކަމަށެވެ.

Advertisement

އަދި، ތަކެތި ލިބުމުން މުޅި މަސައްކަތް މިމަހުގެ ފަންސަވީހުގެ ކުރިން އެއްކޮށް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2018 ވަނަ އަހަރު އަޅަން ފެށި ކިންގް ސަލްމާން މިސްކިތަކީ 25 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އޭގެ ތެރެއިން 14 މިލިއަން ޑޮލަރަކީ ސައުދީގެ ހިލޭ އެހީ އެވެ. ބާކީ ހަރަދުކުރީ ދިވެހި ސަރުކާރުންނެވެ.

އެ މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވެ އެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox