ހިރަފުސްގަނޑު ދެކުނާ ހަމައަށް ފޯރުމުގެ ފުރުސަތު އެބަ އޮތް: މެޓް

ވައި ނުސާފް ދުވަހަކު މާލެއިން ހުޅުލެ ފެންނަ ގޮތް: މެޓް އޮފީހުން ވިދާޅުވީ، ދުމުގެ އަސަރު ރާއްޖޭގެ ދެކުނަށްވެސް ފޯރަފާނެކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވައި ނުސާފް ދުވަހަކު މާލެއިން ހުޅުލެ ފެންނަ ގޮތް: މެޓް އޮފީހުން ވިދާޅުވީ، ދުމުގެ އަސަރު ރާއްޖޭގެ ދެކުނަށްވެސް ފޯރަފާނެކަމަށް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އުތުރު އިންޑިއާގެ ބޭ އޮފް ބެންގަލް ސަރަހައްދު ހުރަސްކޮށް ރާއްޖޭގެ ޖައްވުތެރޭގައި މިހާރު އެނބުރޭ ހިރަފުހާއި ދުމުގެ އަސަރު ދެކުނުގެ އަތޮޅުތަކަށް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަވަމުން ބުނީ އިންޑިއާއިން ދަތުރު ކުރާ ހޭޒް ނުވަތަ ފުސްކަމުގެ އަސަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ފޯރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި ނަމަވެސް އެ ސަރަހައްދަށް ހިރަފުސްގަނޑު ދާނީ މޫސުން ބަދަލުވާން ފެށުމުން ކަމަށެވެ.

"[ދުމުގެ އަސަރު ދެކުނަށް ކުރަން ފަށާނީ] އިރުވައި މޫސުން ފެށުނީމަ. އަދި ނޭނގެ ބުނާކަށް އިރުވައި މޫސުން ފެށޭނެ ދުވަހެއް. އާންމު ގޮތެއްގައި ފެށެނީ ޑިސެމްބަރު މެދަކާ ހިސާބުން،" އޭނާ ވިދާޅުވި އެވެ.

ވާރޭ ނުވެހި ގިނަ ދުވަހު އޮންނަ ނަމަ ފުސްކަން އިތުރުވާނެ

މެޓް އޮފީހުން ބުނީ، ވާރޭ ނުވެހި ގިނަ ދުވަސްވާ ނަމަ ފުސްކަން އިތުުރުވާނެ ކަމަށެވެ. ރާއްޖެއާ ކައިރި ހިސާބުތަކުގައި ދުމުގެ އަސަރު ބޮޑަށް ހުންނަ ނަމަ ރާއްޖެއަށް ފުސްކަން އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް މެޓުން ބުންޏެވެ.

"އަދިއެއް ނޭނގޭނެ [އިރުވައި މޫސުން ފެށޭނެ މުއްދަތެއް] ޕްރެޑިކްޓް ކުރާކަށް. އެއީ ދުމުގެ އަސަރު ވެސް ޕްރެޑިކްޓެއް އަދި ނުކުރެވޭނެ،" އޭނާ ބުންޏެވެ.

މިހާރު އެ އޮފީހުން އަންނަނީ އޭވިއޭޝަން ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުންކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ، އެ ރިޕޯޓު އެކުލަވާލާއިރު އޭގައި ދުރު ފެންނާނެ މިންވަރު ވެސް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ދުރު ފެންނަ މިންވަރު އެންމެ ބޮޑަށް ދަށްވީ މިދިޔަ ބުރާސްފަތި ދުވަހުކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ އެ ދުވަހު 5000 މީޓަރަށް ދުރު ފެންނަ މިންވަރު ދަށަށް ދިޔަ ކަމަށެވެ.

މިހާރު ފުސް ސަރަހައްދުތަކަށް ދުރު ފެންނަ މިންވަރު 6000 އާއި 5000 މީޓަރާ ދެމެދުގެ އަދަދަކަށް ދަށްވާކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އާންމުކޮށް ހުންނާނީ 8000 މީޓަރާއި 7000 މީޓަރާ ދެމެދުގައި ކަަމަށް މެޓް އޮފީހުން މައުލޫމާތު ދެއްވިއެވެ.

ދުމާއި ހިރަފުހުގެ ސަބަބުން ޖައްވު ތެރެ ނުސާފްވުން މިއީ ކޮންމެ އަހަރަކުހެން ޑިސެމްބަރު އަދި މާޗް މަހާ ދެމެދުގެ ދުވަސްތަކުގައި ދިމާވާ ކަމެކެވެ.

ޖައްވު ނުސާފުކޮށްލާފައިވާ ހިރަފުހުގެ ސަބަބުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށް އުނދަގޫވުން އެކަށީގެންވާ ކަމަށާއި މި ދުވަސްވަރު ވާރޭފެން ނެގުމާއި ބޭނުންކުރުމުގައި ސާފުތާހިރު ކަމަށް އިތުރަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން އިލްތިމާސްކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox