މަހާޒް އެދިވަޑައިގެންނެވީ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން

މަހާޒް އެދިވަޑައިގެންނެވީ ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްގެންދަން

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްޗަށް ހަދިޔާއެއް ބަލައިގަތް ކަމަށް ތުހުމަތުކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެެސްސީ) އިން ބަލަމުންދާ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އޭނާ އެދިވަޑައިގެންފި އެވެ.

"ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ" ނަމުގައި އޮންނަ ފަނޑިޔާރުން ތިބޭ ވައިބާ ގްރޫޕަކަށް ފަނޑިޔާރު މަހާޒު ރޭ ފޮނުއްވި މެސެޖެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށް ލިޔުއްވާފައިވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖޭއެސްސީގެ މީޑިއާ އޮފިޝަލް އިޒްމީރާ ޒާހިރު "އަދަދު" ނޫހަށް ވިދާޅުވީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލާގައި ކޮށްފައިވާ ތުހުމަތަކީ ފަނޑިޔާރު ބެއްލެވި މައްސަލައެއްގައި ހިމެނޭ ހަސްމެއްގެ ފަރާތުން ހަދިޔާއެއް ބަލައިގަތުން ކަމަށެވެ. މައްސަލައިގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

"ކާއެއްޗެހި ގެނައީ އަމިއްކަ ހަރަދު ކޮށްފައި. ފައިސާ ދެއްކި ސްލިޕްވެސް އެބަ އޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެއްވެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީވެސް ނޫން. އަމިއްލައަށް އީޑަރު ދިނީމާ އޯޑަރު ދިންތަނުން ގުޅާނީ އަޅުގަނޑަށް ވާތީވެ އިދާރީ ކުއްޖަކަށް ކާ އެއްޗެހި ގެނެސްދޭނެ ފަރާތުގެ ނަމްބަރު ދިނިން،" އެ ތުހުމަތު ސާފުކޮށްދެއްވުމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އަދި، އެއީ ސިއްރިއްޔާތުގައި ކުރި ކަމެއް ނޫން ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، އެ މައްސަލައިގެ އަޑުއެހުންތައް "އާންމުކޮށް ހުޅުވާލައިގެން އިންސާފުން ގެންގޮސްދިނުމަށް" އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

ހަމައެހެންމެ، މިއީ އާންމު އުސޫލެއްގެ ގޮތުން ވެސް މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށްގެންދާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން، ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ދުވަހު މެންދުރުގެ ފަރިއްކޮޅު ގެންނެވީ މަހާޒްގެ އަމިއްލަ ހަރަދުގައި ކަމަށާއި އެއީ ރިސެސްއަށް ކޯޓު ދިޔުމުގެ ކުރިން ހުރިހާ ފަނޑިޔާރުންނާ ދިމާވާނެ ފަހު މަސައްކަތު ދުވަހަށް ވުމުން ކަމަށް އޭނާ ހާމަކުރެއްވި އެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި މައްސަލަ ހުށަހަޅާފައިވަނީ ކުރީގެ ރައީސް އަބްދުالله ޔާމީން ޖަލު އަދަބުން މިނިވަންވި ހުކުމް އިއްވުމަށްފަހު ސުޕްރީމް ކޯޓުގައި ބޭއްވި މެންދުރުގެ ފަރިއްކޮޅަކާ ގުޅިގެންނެވެ.

އެ މައްސަލާގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ.

"ފަނޑިޔާރު ކަމުގެ މަގާމުގައި ހުރުމަށް ނުވަތަ މަގާމު ދިފާއު ކުރުމަށް މީހެއްގެ ގާތުގައި އެދޭނެ އެދުމެއް، ކުރާނެ ކަމެއް ނޯންނާނެ،" ފަނޑިޔާރުންގެ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox