އަނެއްކާވެސް ކާނުގަނޑަކަށް ފައި ވަދެ ބޮޑު ޒަހަމެއް، މިފަހަރު 82 އަހަރުގެ މީހެއް

ކާނުގަނޑަށް ފައި ވަދެ އެ ބޭބެގެ ފައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ކާނުގަނޑަށް ފައި ވަދެ އެ ބޭބެގެ ފައި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި-- ފޮޓޯ: ސޯޝަލް މީޑިއާ

ހިނގާފައިދަނިކޮށް ހަލާކުވެފައި އޮތް ކާނުގަނޑަކަށް ފައި ވަދެ އަނެއްކާ ވެސް މީހެއްގެ ފައި ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މީގެ ކުރިން ވެސް މިފަދަ ބައެއް ހާދިސާތައް މާލޭގެ މަގުމަތީގައި ހިނގާފައި އެބަހުއްޓެވެ. އެގޮތުން ގަލޮޅު ދަނޑު ކައިރީގައި ހަދާފައިވާ ހީނާމާގެ ޕާކިން ޒޯނު ކުރިމަތިން ހިނގާފައި ދަނިކޮށް ކުޑަކުއްޖަކު ވެއްޓި މިދިޔަ އޮކްޓޯބަރުގެ ތެރޭގައި ހާދިސާއެއް ހިނގާފައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައި މިފަހަރު ހަލާކުވެފައިވަނީ އުމުރުން 82 އަހަރުގެ މީހެއްގެ ފައި ކަމަށެވެ. އުމުރުން ދުވަސްވެފައިވާ މީހާގެ ފައި ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ތަން ދައުރު ވަމުން އަންނަ ފޮޓޯތަކުން ފެނެ އެވެ.

Advertisement

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މަރިޔަމް ޝިއުނާ ވިދާޅުވީ މާލޭގައި ހަލާކުވެފައި ހުރި ކާނުތައް ބަދަލުކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާ ކަމަށެވެ.

އޭނާ ހިއްސާކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 80 މަގެއްގެ 160 ކާނުގަނޑެއް ބަދަލުކޮށްފައިވެ އެވެ.

އަދި ހިނގަމުންދާ މިދާ 2022 ވަނަ އަހަރުގެ މިހާތަނަށް 119 މަގެއްގެ 220 ކާނުގަނޑެއް ބަދަލުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ހާމަވެ އެވެ. އޭގެ ތެރޭގައި މިދިޔަ މަހު އެކަނި ވެސް 26 ކާނުގަނޑެއް ސިޓީ ކައުންސިލުން ބަދަލުކޮށްފައިވެ އެވެ.

ގިނަ މަގުތަކެއްގައި ހުރި ކާނުތައް ހަލާކުވެ މަގުން ދުއްވާ އުޅަނދުތަކަށާއި ހިނގާބިިނގާވެ އުޅޭ މީހުންނަށް އަންނަނީ ގެއްލުންވަމުންނެވެ. މާލޭގެ މަގުތައް މެއިންޓެއިންކޮށް ބެލެހެއްޓުމުގެ ޒިންމާ އޮތީ މާލެ ސިޓީ ކައުންސިލުގައި ކަމަށްވާއިރު މަގުތައް ހަލާކުވެ އަނިޔާ ލިބޭ ކަމުގެ ޝަކުވާ ދޭތެރެ ދޭތެރެއިން އާންމުން ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox