ފަނޑިޔާރުންނަށް ގޯއްޗަށް ކުރިމަތިލެވޭ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި

ޖަސްޓިސް ބިލްޑިންގް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ވަނީ ފާސްކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޖަސްޓިސް ބިލްޑިންގް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ވަނީ ފާސްކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގޯއްޗެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގަތުން ނުވަތަ ކުއްޔަށް ހިފުމުގެ ހުއްދަ ފަނޑިޔާރުންނަށް ދީ ހުށަހަޅާފައިވާ ބިލު ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލައިފި އެވެ.

ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ.

މި ބިލު ދިރާސާކުރުމަށް ފަހު ޖުޑީޝަރީ ކޮމީޓިން މިއަދު ހުށަހެޅި ބިލު ފާސްނުކުރަން 49 މެންބަރުން ދެއްވި އެވެ. ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ.

މި ބިލަކީ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެފަދަ އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއްކުރާ ހާލަތުގައި އެ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން އުސޫލުތައް އިސްލާހުކުރަން ހުށަހެޅި ބިލެކެވެ.

ބިލުގައި ވަނީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް އިތުރަށް އިތުރަށް ތަފްސީލުކޮށްފަ އެވެ.

މިގޮތުން ވިޔަފާރިކުރުން މަނާ ކުރިނަމަވެސް އާންމު އަގުގައި ވިއްކުމާއި ކުއްޔަށް ދިނުމުގެ އިތުރުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގޯއްޗެއް ނުވަތަ ދިރިއުޅޭނެ ތަނެއް ގަތުން ނުވަތަ ކުއްޔަށް ހިފުން ނުހިމެނޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ބިލަށް ކޮމިޓީން ގެނައި އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރެއްގެ މަގާމުގައި ހުރި މީހެއްގެ މައްޗަށް ނުވަތަ ފަނޑިޔާރުކަން ކޮށްފައިވާ މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ކުރިކަމަށް ނިހާއީ ހުކުމަކުން ސާބިތުވެއްޖެނަމަ ޝަރުއީ ދާއިރާގެ އެއްވެސް މަގާމެއް އަދާ ނުކުރެވޭނެ ގޮތަށް ގެނައި ބަދަލު ހިމެނެ އެވެ.

ބިލު ހުށަހެޅިއިރު އޮތީ ރައްޔިތުންގެ މަޖިލީހުން ވަކިކުރާ ފަނޑިޔާރުންނަށް ވެސް އެއްވެސް ޝަރުއީ މަގާމެއް އަދާ ނުކުރެވޭ ގޮތަށެވެ.

މީގެ އިތުރުން ބިލު ހުށަހެޅިއިރު ކޯޓުތައް ހިންގުމަށް ބެނުންވާ އެންމެހައި ގަވާއިދުތަކާއި އުސޫލުތައް ކަނޑައެޅުމުގައި އިސްކޮށް ހަރަކާތްތެރިވާން ޖެހޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި އެ މާއްދާ ވަނީ އުނިކޮށްފަ އެވެ.

އަދި، ފަނޑިޔާރަކު ވަކިކުރުމަށް މަޖިލީހަށް ހުށަހަޅައިފައިވަނިކޮށް އިސްތިއުފާދީނިނަމަ މަޖިލީހަށް ހުށަހަޅާ މުއްދަތުގައި އިނާޔަތްތައް ނުލިބޭނެ ކަމަށް ހިމަނާފައިވީނަމަވެސް، މަޖިލީހަށް ޖޭއެސްސީިން ހުށަހެޅި ނިންމުމުގެ އިޖުރާއީ ގޮތުން ފުރިހަމަ ވާން ޖެހޭ ކަންކަން ފުރިހަމަ ނުވާކަމަށް މަޖިލީހުން ނިންމައިފިނަމަ އިސްތިއުފާ ދިންނަމަވެސް އިނާޔަތް ލިބޭނެ ކަމަށް ކޮމިޓީން ވަނީ އިތުރު ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ރިޔާސަތު ބަލަހައްޓަވާ އެ ކޮމިޓީގެ މި ނިންމެވުމާ ސަރުކާރުން ހިލާފުވީ އެ ސަބަބަކާ ހުރެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ވެސް މަޖިލީހަށް ހުށަހެޅުނު ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައެއްގައި އިޖުރާތް ފުރިހަމަ ނުވާ ކަމަށް ޖުޑީޝަރީ ކޮމީޓިން ބުނެ ހިޔާލު ތަފާތުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox