ސްކޭމް ކޯލުތައް ކުރަނީ ޖަލުން ކަމަށް ބުނެވޭނެ ހެއްކެއް ނެތް: ބީއެމްއެލް

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ބޭންކުގެ ބޭފުޅުން--- ފޮޓޯ: މަޖިލިސް

އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި ބޭންކުގެ ބޭފުޅުން--- ފޮޓޯ: މަޖިލިސް

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އަތުލާ ގިނަ މައްސަލަތަކުގައި ކޯލުތައް ކުރަނީ ޖަލުގައި ތިބޭ ގައިދީންކަމަށް ބުނެވޭނެ ހެއްކެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

ބޭންކު ކަސްޓަމަރުންނަށް އޮޅުވާލައިގެން ފައިސާ އަތުލަމުންދާ މައްސަލައިގައި މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ ބޭންކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. މި ކޮމިޓީގައި ސްކޭމްކޯލުތައް ކުރަނީ ޖަލުން ކަމަށް ބުނާތީ އެކަމާ ގުޅޭ ގޮތުން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ސުވާލުކުރައްވާފަ އެވެ.

"ބައެއް މީހުން ބުނޭ ވަރަށް ގިނަ މި [ސްކޭމް] ކޯލުތައް އައިސްފައި ހުންނަނީ ޖަލުންނޭ، އޭގެ އެއްވެސް އަޕްޑޭޓެއް ތިބޭފުޅުންނަށް [ލިބިފައިވޭތޯ] ޖަލުންނޭ މި ދަންނަވަނީ ޖަލުގައި ތިބޭ ގައިދީންނޭ، އެ ތަނަށް ފޯނު ވެއްދުމަކީ މަނާ ކަމެއް،" އޭނާ ސުވާލުކުރެއްވި އެވެ.

އިލްޔާސްގެ ސުވާލަށް ޖަވާބު ދެއްވަމުން ބީއެމްއެލްގެ ޗީފް ކޮމްޕްލައިންޓްސް އޮފިސަރު މަރިޔަމް ހަމީދު ވިދާޅުވީ ސޯޝަލް މީޑިއާއާއި ހަބަރުތަކުގައި އެ ވާހަކަ ދެކެވުނުނަމަވެސް އެ ކަން ކުރަނީ ސީދާ ޖަލުންނޭ ބުނެވެން ނެތް ކަމަށެވެ.

"އެކަން ކުރަނީ ޑައިރެކްޓްލީ ޖަލުންނޭ ބުނެވޭކަށް ނެތް، އެ ކަމުގެ އެވިޑެންސެއް ނެތް،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް އެފަދަ ކަމެއް ފުލުހުން ފާހަގަކޮށްފައިނުވާ ކަމަށެވެ.

"ވަކި ސްޕެސިފިކް ތަނަކުން އަންނަ ކޯލްތަކެކޭ، އެގޮތަށް [ފުލުހުން ވެސް] ފާހަގަކޮށްފައެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މޯބައިލް ފޯނު މެދުވެރިކޮށް ހިންގޭ އެކި ކުށްތައް އިންތިހާއަށް އިތުރުވެފައިވާއިރު، ގައިދީން އެ ކަން ކުރާ ކަމުގެ ވާހަކަ ވަރަށް ގަދައަށް ދެކެވެ އެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލަށް ގަވާއިދާއި ހިލާފަށް ވައްދާ ފޯނުތަކުގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި މާފުށީ ޖަލުގައި މީގެ ކުރިން ވަނީ ޖޭމަރު ހަރުކުރިނަމަވެސް އެކަމުގެ ނަތީޖާ ހާސިލް ނުވާ ކަމަށެވެ.

"އޭގެ ސަބަބުން ޖަލު ވަށައިގެން ދިރިއުޅޭ އާންމު ރައްޔިތުންނަށާއި، ކައިރި ރަށްތަކާއި ރިސޯޓުތަކަށް ނެޓްވޯކް ޖޭމްވާ މައްސަލަ ފާހަގަކުރެވިފައި އެބަހުރި،" އޭނާ ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިފަދަ ސްކޭމްކޯލުތަކުގެ މައްސަލަ ހައްލުކުރަން ގާނޫނީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox