ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.
އެމްއެންޑީއެފުން ބުނީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދިވެހި ދޯންޏަކުން ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" އެ ސަރަހައްދަށް ގޮސް، އެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް މިއަދު ހަވީރު ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނީ ބޭރުގެ މި މަސްބޯޓު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.













