ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ބޯޑު މެންބަރު ކަމާއި، މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކާނަލް އިސްމާއީލް ނަސީރު އައްޔަންކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރީ، އެ މަގާމުގައި ކުރިން ހުރި ކާނަލް އަހުމަދު ޝަރީފުގެ ބަދަލުގަ އެވެ.
އެކަން އިއުލާނުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ވަނީ ކާނަލް އިސްމާއީލް ނަސީރަށް މަރުހަބާ ދަންނަވައި، އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމުގައި ކުރިން ހުރި ޝަރީފު ކޮށްދެެއްވި ހިދުމަތްތައް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ބުނެފަ އެވެ.
މިއާއެކު ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ބޯޑުގައި ތިބޭނީ ޗެއާމަން ހަސަން ޒަމީލާއި، ޒަކަރިއްޔާ މަންސޫރާއި، މުހައްމަދު އިއާދު ހަމީދާއި، ހުސެއިން އަލީ އާއި، އަހުމަދު ވަހީދާއި، އާމިނަތު އަލީގެ އިތުރުން އަހުމަދު ޝިފާޒެވެ.














