ރައީސްގެ މެންބަރަކަށް ވުރެ ނަޝީދު ރިޔާސަތުގައި ހުންނެވުން އިދިކޮޅަށް ރަނގަޅު

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް؛ ރައީސް ނަޝީދު ރިޔާސަތުގައި ބެހެއްޓުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: މަޖިލީސް

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް؛ ރައީސް ނަޝީދު ރިޔާސަތުގައި ބެހެއްޓުމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި - ފޮޓޯ: މަޖިލީސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މެންބަރަކު ވަޑައިގެންފި ނަމަ މަޖިލީހުގެ ހާލަތު މިހާރަށް ވުރެ ގޯސް ވާނެ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ޓެކްސް ބޮޑުކުރުމަށް ހުށަހެޅި ބިލާއެކު، ރައީސްގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަންގެ ކޯޅުން އިތުރަށް ބޮޑުވެފައި އޮއްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވީ ނަޝީދު މަޖިލިސް ހިންގަވާ ގޮތް ފެށުނީއްސުރެން ވެސް ރަނގަޅު ނޫން ކަމަށާއި ނަމަވެސް ރައީސް ސޯލިހަށް ތާއިދު ކުރައްވާ މެމްބަރަކު ރިޔާސަތަށް ވަޑައިގެންފި ނަމަ މާ ގޯސްވާނެ ކަމަށެވެ.

ނަޝީދު ނޫން ބޭފުޅަކު ވަޑައިގެންފިނަމަ ނަޝީދަށް ވުރެ އަދި އެއް ދަރަޖަ ނުލަފާވާނެ،

ނަޝީދު ވަކިކުރުމާ ގުޅޭ ގޮތުން ނޫސްވެރިން އަމާޒުކުރި ސުވާލުތަކުގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ، ވާދަވެރި ފަރާތްތަކަށް ފުރުސަތު ދީގެން އަދި އާންމު ރައްޔިތުންގެ މަސްލަހަތުގައި ނަޝީދު "ކޮންމެވެސް" ވަރަކަށް މަސައްކަތް ކުރެއްވި ކަމަށާއި މިހާރު އެ ފުރުސަތު ވެސް އެމަނިކުފާނަށް ނެތް ކަމަށެވެ.

ރައީސް ނަޝީދުގެ ފެކްޝަނާއެކު "ނުރަސްމީ" ކޯލިޝަނެއް އުފެއްދައިގެން އިދިކޮޅު ފަރާތްތަކުުން މަސައްކަތް ކުރަމުންދާ ކަމަށް ބައެއް މެންބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން ވެސް ނޫސްވެރިން ސުވާލުކުރި އެވެ. އޭގެ ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ އެ ފެކްޝަނާ ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ.

"ރައީސް ނަޝީދުގެ ފެކްޝަނާއެކު އަޅުގަނޑުމެން ކުރާނެ މަސައްކަތެއް ނޯންނާނެ، އެމްޑީޕީއާއެކު އަޅުގަނޑުމެން ކުރާނެ މާ ބޮޑު މަސައްކަތެއް ދުވަހަކު ވެސް ނޯންނާނެ، އެ ގޮތުގެ މަތީގައި އެކަން އޮންނާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޖީއެސްޓީ ހަ ޕަަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 82 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓު ދެއްވައިގެންނެވެ.

އެ ބިލަށް އިއްޔެއާއި ހޯމަ ދުވަހު މަޖިލީހުގެ ރިޔާސަތުން ވޯޓަށް ނޭހުމުން، ނަޝީދު ވަކިކުރުމުގެ އަޑު ގަދަވެގެން ދިޔަ އެވެ. އިދިކޮޅު ފަރާތްތަކުން ސިފަކުރަނީ އެއީ ސަރުކާރުން ރައީސް ނަޝީދަށް ދިން "އިންޒާރެއް" ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox