ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަމުންދާ ބޮޑެއް ކަމަށް ފުލުހުން ބުނާ އަރުޝަދު ހާލިދުގެ މައްޗަށް ދައުލަތުން ކުރި ވައްކަމުގެ ދައުވާއެއް ދަށު ކޯޓުގައި އަލުން ބެލުމަށް މިއަދު ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ޑިސެމްބަރު، 2021 ގައި ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ ވެރި ފަރާތް ކަމަށް ފުލުހުން ތުހުމަތު ކުރާ އަރުޝަދުގެ މައްޗަށް ވައްކަމުގެ ދައުވާއެއް އުފުލީ 2016 ވަނަ އަހަރު މާލޭގައި ހިންގާ އޮފީހެއްގެ ތިޖޫރީ ފަޅައިލި މައްސަލައްގަ އެވެ.
އެ މައްސަލަ އަރުޝަދުގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމާފައި އޮއްވާ މިއަދު ހައި ކޯޓުން ކުރި ހުކުމެއްގައި ބުނެފައި އޮތީ ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތައް ދަށު ކޯޓުން ބަލައިނުގަތީ ސައްހަ ގޮތުގައެއް ނޫން ކަމަށެވެ.
"ދައުވާ ސާބިތުކު ރުމަށް ދައުލަތުން ހެކި ހުށަހެޅުމާއިއެކު، އެ ހެކި ޝަރީއަތަށް ބަލައި ނުގަންނަންވީ އެއްވެސް ސަބަބެއް އަމުދުން ބަޔާން ކުރުމާއި ނުލައި އެހެ ކިތަކަށް އިންކާރު ކުރަމޭ މުއްތަހަމު ބުނެލާ ބުނުމެއްގެ މައްޗަށް އެހެކިތައް ޝަރީއަތަށް ބަލައި ނުގަނެ ދ ކޮށް ނުލެވޭނެ. އެގޮތަށް ހެކިތައް ބަލައި ނުގަނެ ދޫކޮށްލާންވެއްޖެ ނަމަ، ދައުވާ ސާބިތު ކުރާނެ އެއްވެސް ހެއްކެއް ނޯންނާނެ،" ހައި ކޯޓުން ބުނެފައިވެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފުލުހުން 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަންއިރު އަރުޝަދު ހުރީ ސްރީ ލަންކާގަ އެވެ. އޭގެ ފަހުން އޭނާ ހައްޔަރުކޮށްގެން ގެނައީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އަރުޝަދު ނިސްބަތްވާ ގދ. ހޯނޑެއްދޫއިން ވެސް 30 ވަރަކަށް ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތެވެ.

އެ މައްސަލައިގައި އަރުޝަދު ހައްޔަރު ކުރުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ އެވެ.











