ޗާގޯސް މައްސަލައިގެ ގަރާރު މަޖިލީހުން ބޭރުކޮށްލައިފި، މަދުވީ ހަތް ވޯޓު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިތޯ ބަލަން ހުށަހެޅި ގަރާރު މިއަދު ވަނީ ފާސްނުކޮށް ބޭރުކޮށްލާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ޗާގޯސް މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ބަދަލުވިތޯ ބަލަން ހުށަހެޅި ގަރާރު މިއަދު ވަނީ ފާސްނުކޮށް ބޭރުކޮށްލާފައި. ފޮޓޯ: މަޖިލީހުގެ އިދާރާ

ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ ދައުވާގައި ދިވެހި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވާކަން ނުވަތަ ނޫންކަން ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްނުކުރަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ދަނގެތި ދާއިރާގެ އެމްއެންޕީ މެމްބަރު މުހައްމަދު ނާޒިމު ހުށަހެޅުއްވި އެ ގަރާރު ފާސްކުރަން ފެނޭތޯ މިއަދު ނެގި ވޯޓުގައި އެ ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް 42 މެމްބަރަކު ވޯޓު ދެއްވި އިރު އެ ގަރާރު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވީ 30 މެމްބަރެކެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.

އެ ވޯޓުގައި 72 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އިރު ފާސްވުމަށް ބޭނުންވަނީ 37 ވޯޓެވެ.

އެ ގަރާރު ފާސްކުރަން ވޯޓް ދެއްވި މެމްބަރުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ.

ނާޒިމު ހުށަހެޅުއްވި އެ ގަރާރުގައި ވިދާޅުވީ ޗާގޯސް މައްސަލައިގައި 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައި ވޭތޯއާއި އެ ފަދަ ބަދަލެއް ގެނައި ނަމަ އެކަމުގެ ސަބަބުތައް ރައްޔިތުންނަށް ސާފުކޮށްދޭން ސަރުކާރަށް ގޮވައިލާ ކަމަށެވެ. ޗާގޯސް މައްސަލައިގައި ރާއްޖޭން ގެންގުޅުނު ސިޔާސަތު ސަރުކާރުން ބަދަލުކޮށްފައި ވާ ނަމަ އެކަން ކޮށްފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިންކަން ޔަގީންކުރުމަކީ ގަރާރު ހުށަހެޅުއްވުމުގެ މަގުސަދެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.

"... މި މައްސަލާގައި މީގެ ކުރިން މޮރިޝަސްއާ ދެކޮޅަށް، އިނގިރޭސިވިލާތާ އެއްކޮޅަށް ބައިނަލް އަގުވާމީ އިދާރާތަކުގައި ރާއްޖޭން ވޯޓުދިން ސަބަބަކީ މޮރިޝަސްގެ ހުށަހެޅުުން ކާމިޔާބުވެއްޖެ ނަަމަ ރާއްޖޭގެ ސަރަހައްދުން ބައެއް އުނިވުމުގެ ފުރުސަތު އޮތުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައި ވާތީއާއި ، ޗާގޯސް މައްސަލާގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަން ދިވެހިންނަށާއި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހަށް ނާންގަ[އެވެ]، ގަރާރުގައި ނާޒިމު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox