ޖުޑިޝަރީގެ ބަޖެޓަށް 220 މިލިޔަން ރުފިޔާ އިތުރުކޮށްދޭން އެދިއްޖެ

ސުޕްރީމްކޯޓާއި ހައިކޯޓް ހުންނަ ތީމުގެ، ޖުޑިޝަރީއަށް 220 މިލިޔަން ރުފިޔާ އިތުރުކޮށްދޭން ޑީޖޭއޭ އިން މަޖިލީހުގައި މިއަދު އެދުނު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ސުޕްރީމްކޯޓާއި ހައިކޯޓް ހުންނަ ތީމުގެ، ޖުޑިޝަރީއަށް 220 މިލިޔަން ރުފިޔާ އިތުރުކޮށްދޭން ޑީޖޭއޭ އިން މަޖިލީހުގައި މިއަދު އެދުނު. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޝަރުއީ ނިޒާމަށް ކަނޑައަޅާފައިވާ 500 މިލިޔަން ރުފިޔާ އިތުރުކޮށްދޭން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޑީޖޭއޭއިން މިއަދު ހުށަހެޅި ކަރުދާހުގައި އެދުނީ ޖުޑީޝަރީން މިހާރު ކުރިއަށް ގެންދާ ޕީއެެސްއައިޕީ މަޝްްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތަކަށް 171 މިލިޔަން ރުފިޔާއާއި މުވައްޒަފުން އިތުރުކޮށްދޭށެެވެ. މުވައްޒަފުން އިތުރުކުރުމަށާއި އިންޓަނެޓްގެ ސްޕީޑް އަވަސްކުރުން އަދި އިދާރީ އެހެން ބައެއް ކަންތައްތަަކަށް 49 މިލިޔަން ރުފިޔާ އިތުރުކޮށްދޭން ވެސް އެދުނެވެ.

ޑީޖޭއޭގެ ބަޖެޓަށް އެ އަދަދަށް ފައިސާ އިތުރުކޮށްދޭން އެދުނު އިރު އެ އިދާރާއަށް ބަޖެޓްގައި މިހާރު ޖަހާފައި އޮތީ 579 މިލިޔަން ރުފިޔާ އެވެ. މިއަދު އެދުނު އަދަަދަށް ފައިސާ އިތުރުކޮށްފި ނަމަ އެ އިދާރާގެ ބަޖެޓްގެ ޖުމްލަ 799 މިލިޔަން ރުފިޔާ އަށް އަރާނެ އެވެ.

ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޗީފް ޖުޑިޝަލް އެެޑް މިނިސްޓްރޭޓާ އައިޝަތު ރިޒްނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ ފައިސާގެ އަދަދާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ޝަރުއީ ދާއިރާއަށް މިހާރު އޮތް ބަޖެޓަކީ ހިންގުމުގެ ދާއިރާއިން ހާސިލުކުރަން ބޭނުންވާ ކަންތައްތަކަށް ފުދޭ ބަޖެޓެއް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ޝަރުއީ ދާއިރާއަށް ކަނޑައަޅާފައިވާ މެދު ރާސްތާއާއި ދުރު ރާސްތާގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި އާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ދާއިރާއިން ބަޖެޓާ މެދު ކަންބޮޑުވުންތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ، އަދި ޖުޑީޝަރީގެ ތަރައްގީއާ، ޖުޑީޝަރީ ހަރުދަނާކުރުމަށް ޓަކައި ކުރަން ހުރި މުހިއްމު ކަންކަމަށް ބޭނުންވާ ކަންކަން މިވަގުތު ބަޖެޓްގައި ހިމެނިފައި ހުރީ އެންމެ އެކަށީގެންވާ ގޮތުގައި ނޫންކަން ފާހަގަކުރަން،" ރިޒްނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އަލަށް ފާސްކުރި މަދަނީ އިޖުރާއަތުގެ ގާނޫނާ ގުޅިގެން ކޯޓްތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން، ބަޖެޓް މިހާރު އޮތް ގޮތުން ދަތިވާނެތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox