އާޒިމްގެ ސުވާލެއް؛ ރައީސްގެ ބަހާއި އަމަލު ދިމާނުވޭ، ދެވަނަ ދައުރެއް ދޭންވީ ކީއްވެ؟

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމް-- ފޮޓޯ: މަޖިލިސް

އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ކުރީގެ ލީޑަރު އަލީ އާޒިމް-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަޖެޓާ ގުޅޭ ގޮތުން ފާޅުކުރެއްވި ކަންބޮޑުވުންތައް، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވެސް ހުރީ ހަމަ އެގޮތަށް ކަމަށް ވިދާޅުވެ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ ބަޖެޓުގައި ގިނަ ކަންކަން ހުރީ އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާ ދިމާ އިދިކޮޅަށް ކަމަށެވެ.

"ދައުލަތަކުން ސަރުކާރަކުން ވިޔަފާރި ނުކުރުން މިއީ އެމްޑީޕީގެ އެއް ސިޔާސަތު، އެއް ވިސްނުން، އެއް ފިކުރު، އެހެންނަމަވެސް މި ފަސް އަހަރު އެކަން ހިނގަމުން ދަނީ ހަމަ ސީދާ ދިމާ އިދިކޮޅަށް،" ސަރުކާރު ކުންފުނިތަކުން ކުރަމުން އަންނަ ވިޔަފަރިތަކަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވި އެވެ.

މިކަމުގެ ނަތީޖާއަކީ އާންމު ވިޔަފާރިތަކަށް ހުރަސް އެޅި، އެ ވިޔަފާރިތައް "ފުނޑެމުން، ނެތެމުން" އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލަށް ވިޔަފާރިތައް ފެށުމުގެ މަގު ވެސް ބަންދު ވެފައިވާ ކަމަށް ވިދާޅުވި އެވެ.

ދެން އާޒިމް ހަނދާން އާ ކުރެއްވީ ރައީސް ސޯލިހު މަޖިލީހުގައި ހުންނެވިއިރު، 2015 ވަނަ އަހަރުގެ ބަޖެޓުގެ ބަހުސްގައި ވިދާޅުވި ވާހަކަފުޅެކެވެ.

"އަމިއްލަ ވިޔަފާރިތަކަށް ފަހި މުސްތަގްބަލެއް އޮތް ކަމަށް ވިދާޅުވި، އެހެންނަމަވެސް އަޅުގަނޑަށް މި ބަޖެޓު ފެންނަނީ ސަރުކާރުން ވިޔަފާރިތަކަށް ވަންނަ ތަން، އެސްޓީއޯގެ އާމްދަނީ އިތުރުވަމުންދާ ކަން، އޭގެ ނަތީޖާއަކަށް ވެގެންދަނީ އެސްއެމްއީއަށް ދަތި އުނދަގޫ ގޮތްތައް ކުރިމަތިވުން،" ރައީސްގެ ވާހަކަފުޅު ބަހުން ބަހަށް ތަކުރާރު ކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ އޭރުގެ ވާހަކަތަކަށް އިޝާރާތް ކުރައްވައި އާޒިމް އިތުރަށް ވިދާޅުވީ މިހާރު ކުރިއަށް ވުރެ ބޮޑަށް ސަރުކާރުން އަންނަނީ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަންނަމުން ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި އަހަރު ކުރާ ހަރަދު އަންނަ އަހަރުގެ ބަޖެޓާ އެއްކޮށްލައި، ކޮންމެ އަހަރަކު މަޖިލީހުގެ ރުހުމާއެކު ބަޖެޓު ފާސްކުރި ނަމަވެސް، ބަޖެޓު ހަރަދު ކުރަނީ "ބޭނުން ގޮތަކަށް" ގާނޫނާ ހިލާފަށް މަޖިލީހުގެ ރުހުމެއް ވެސް ނެތި އެވެ. އަދި ބަޖެޓުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ މި އަހަރު ކުރާ ހަރަދު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއަށް އެއްކޮށްލުން ކަމަށެވެ.

"މި އަހަރު ހަރަދުކޮށްލާފަ އެއޮތީ އޭގެ ތެރެއަށް ލާފައި، އަޅުގަނޑުމެން ކައިރީ ހޭ ވެސް އަހާ ނުލާ، ނުޖެހޭތަ އަޅުގަނޑުމެން ކައިރީ އަހާކަށް، އެހެންނަމަވެސް ގާނޫނު އަސާސީން އެބަ ބުނޭ ވަރަށް ސާފުކޮށް އެއްވެސް ހަރަދެއް ކުރަން ވާނީ ރައްޔިތުންގެ މަޖިލީހުގައި އަހާ އެތަނުން ފާސްކުރާ ގޮތަކަށޭ،" އާޒިމް ވިދާޅުވި އެވެ.

މިކަން މިގޮތަށް ހިނގަމުން އައި ނަމަވެސް، މިއީ ވެސް ރައީސް ސޯލިހު މަޖިލީހުގައި އިންނެވިއިރު އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި ކަމެއް ކަން އާޒިމް ފާހަގަކުރެއްވި އެވެ.

"ފާސްކޮށްފައި އޮތް ބަޖެޓެއްގައި އޮތް ކަމަކަށް ނޫން ކަމަކަށް މަޖިލީހުން ފާސްނުކުރަނީހެން ހަރަދެއް ނުކުރެވޭނެއޭ، މިއީ އެ ދުވަހު އަޅުގަނޑުުމެންގެ ހިންނަވަރު ދާއިރާގެ މެންބަރު މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު، ކަންބޮޑުވުން އެބަހުރި މަޖިލީހުން ފާސްނުކޮށް ބަޖެޓުން ހަރަދު ކުރީތީވެ،" އާޒިމް ވިދާޅުވި އެވެ.

އަދި އެއީ މަޖިލީހުން "ބަޖެޓު ފާސްކުރީމާ ފިނޭންސް މިނިސްޓަރު ކަންކުރަންވީ ގޮތްތޯ" ރައީސް ސޯލިހު އެ ދުވަހު ފިނޭންސް މިނިސްޓަރާ ކުރެއްވި ސުވާލު އާޒިމް ވަނީ މިއަދު ތަކުރާރު ކުރައްވާފަ އެވެ.

ކަންކަން މިހެން ހުރިއިރު، ރައީސް ސޯލިހު އެ ދުވަހު އިސްލާހަށް މަސައްކަތް ކުރައްވަން ދެއްކެވި ވާހަކަފުޅުތައް ރައީސް ވެސް ހަނދުމަފުޅު ހުންނާނެ ކަމަށާއި އެ މަގުން ކަންކަން ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަހާއި އަމަލާ ދިމައެއް ނުވޭ، ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ، ބުނާ އެއްޗެއް ހަނދާނެއް ނުހުރޭ، އަމިއްލަ ދުލުން ނިކުންނަ ބަހެއްގެ އިތުބާރެއް ނެތް، ދެން އަޅުގަނޑުމެން ކިހިނެއްތޯ ދެ ވަނަ ދައުރެއް ދޭނީ،" ވާހަކަކޮޅު ނިންމާލަމުން އާޒިމް ސުވާލު އުފެއްދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox