އާ ޕޭމަންޓު ސިސްޓަމް އާއްމުކުރުން ހަތަރު ވަނަ ފަހަރަށް ފަސްކޮށްފި

އާ ޕޭމަންޓު ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފެށީ މިދިޔަ އަހަރު ކުރީކޮޅު -- ފޮޓޯ: އަދަދު

އާ ޕޭމަންޓު ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފެށީ މިދިޔަ އަހަރު ކުރީކޮޅު -- ފޮޓޯ: އަދަދު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރު ގާއިމުކުރަން ފެށި އޮންލައިން ޕޭމަންޓު ސިސްޓަމް އާއްމުކޮށް ބޭނުން ކުރުމަށް ހުޅުވާލުން ހަތަރު ވަނަ ފަހަރަށް ފަސްކޮށްފި އެވެ.

މި ނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެމްއެމްއޭގެ ތަރުޖަމާނު، މުހައްމަދު ނާސިހު ވިދާޅުވީ އަދިވެސް އެ ސިސްޓަމް ފުރިހަމަވެ ނުނިމޭ ކަމަށާއި ލަފާ ކުރެވެނީ އެ ހިދުމަތް ބޭނުން ކުރަން ފެށޭނީ އަންނަ އަހަރު ކަމަށެވެ. މިހާރު ކުރިއަށްދަނީ ބޭންކުތަކާއެކު ހަދަންޖެހޭ ޓެސްޓުތަކުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޓެސްޓުތައް ނިމި ބޭންކުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން މި ސިސްޓަމުން ތައާރަފު ކުރެވޭ ހިދުމަތްތައް އާއްމުކޮށް ހުޅުވާލެވޭނެ،" ނާސިހު ވިދާޅުވި އެވެ.

އޮންލައިންކޮށް ވިޔަފާރިކުރުމުގައި އާއްމުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އާ ޕޭމަންޓު ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް އެމްއެމްއޭއިން ފެށީ މިދިޔަ އަހަރު ކުރީ ކޮޅެވެ. އޭރު އެ އޮތޯރިޓީން ބުނީ އެ ސިސްޓަމް އެ އަހަރުގެ ފަހުކޮޅު އާއްމުކޮށް ބޭނުން ކުރަން ފެށާނެ ކަމަށެވެ.

އެހެންނަމަވެސް, ފަހުން އެ އޮތޯރިޓީން ބުނީ އެ ތާރީހުގައި އެކަން ނުކުރެވޭނެ ކަމަށާއި، އެ ސިސްޓަމް އާއްމުކޮށް ބޭނުންކުރަން ހުޅުވާލެވޭނީ މިއަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. ނަމަވެސް، އެ ތާރީހުގައި ވެސް އެކަން ނުކުރެވި އެ އޮތޯރިޓީން ވަނީ މިއަހަރު ފަހުކޮޅު އެ ސިސްޓަމްގެ ހިދުމަތް އާއްމުންނަށް ދޭން ފަށާނެ ކަމަށް ބުނެ ތިން ވަނަ ފަހަރަށް އެ ސިސްޓަމް އާއްމުކޮށް ބޭނުން ކުރުން ފަސްކޮށްފަ އެވެ.

އާ ޕޭމަންޓު ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީން ފެށީ އޮންލައިން ޕޭމަންޓު ސިސްޓަމެއް ނެތުމުން ރާއްޖޭގައި އެކި ވިޔަފާރި ކުރާ ފަރާތްތަކުގެ ޝަކުވާތައް އިންތިހާއަށް ގޮސްފައި އޮއްވަ އެވެ. އެގޮތުން، އެ އޮތޯރިޓީން އެ މަސައްކަތް ފެށި އިރު، ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް އެއް ފަރާތުން އަނެއް ފަރާތަށް ފައިސާ ފޮނުވުމުގައި ދިމާވާ ދަތިތަކާއި، ރާއްޖޭގައި އުފެއްދުންތައް ބޭރު ގައުމުތަކަށް ވިއްކުމުގައި ހުރި ދަތިތަކުގެ ޝަކުވާ އޮތީ ފުނި ޖެހިފަ އެވެ.

ޕޭމަންޓު ސިސްޓަމާއި ޕޭމަންޓު ހިދުމަތުގެ ބިލަށް 2020 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރި އިރު، މަޖިލީހުގެ ތަޅުމުގައި ވެސް އެ މަޖިލީހުގެ މެމްބަރުން އެކަމުގެ ހުރި ކަންބޮޑުވުންތައް ފާޅު ކުރި އެވެ.

"ހާއްސަގޮތެއްގައި އަޅުގަނޑަށް ތަަޖުރިބާ ކުރެވޭ ތޮއްޑޫގައި ހައްދާ ފަޅޯ ރަޝިޔާއަށް ބޭރުކުރުމުގެ އިންތިޒާމްތައް މިހާރު ވެސް އެ ދަނީ ހަމަޖެހެމުން. ދިމާވާ މައްސަލައަކީ މިހެން ހުންނަ ކުދި ކުދި ޕޭމަންޓްތައް ހެދުމުގެ ދިމާވާ މައްސަލަތައް،" ތޮއްޑޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މަޖިލީހުގައި ވިދާޅުވެފައިވެ އެވެ.

މިހާރު ވެސް ރާއްޖޭގައި ހައްދާ ބައެއް އުފެއްދުންތައް ބޭރުގެ ބައެއް ގައުމުތަކަށް ބޭރު ކުރެ އެވެ. އެހެން ނަމަވެސް، ޕޭމަންޓު ސިސްޓަމެއް ނެތުމުގެ ސަބަބުން އެކަމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ.

އާ ޕޭމަންޓު ސިސްޓަމާއި އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި އެއްމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މި ޕުރޮޖެކްޓުގެ ފުރަތަމަ މަރުހަލާގައި އިސްކަން ދެނީ ޑޮމެސްޓިކް ޓުރާންސެކްޝަން ތަކަށެވެ.

ނަމަވެސް، ދެވަނަ ފިޔަވަހީގައި އެހެން ގައުމުތަކުގެ ނެޝަނަލް ޕޭމަންޓު ސިސްޓަމްތަކާއި ގުޅި، ބޭރު ގައުމުތަކާ އެކު ވަގުތުން ވަގުތައް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. އެގޮތުން ޕޭޕަލް ފަދަ ޕޭމަންޓު ސިސްޓަމްތައް މެދުވެރިކޮށް ވިޔަފާރި މުއާމަލާތްތައް ހިންގުމުގެ މަގު ރާއްޖޭގައި ފަހިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox