މޫސާ މަނިކު އަލުން އެމްޑީޕީއާ ގުޅުމަކީ ލިބުނު ހިތްވަރެއް: ރައީސް

Nov 8, 2022, 3:33 PM
މި އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް މޫސާ މަނިކު ވަޑައިގެންނެވި. ނަމަވެސް އޭރު އޭނާއަކީ ޕާޓީގެ މެމްބަރެއް ނޫން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްއަށް މޫސާ މަނިކު ވަޑައިގެންނެވި. ނަމަވެސް އޭރު އޭނާއަކީ ޕާޓީގެ މެމްބަރެއް ނޫން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަކީ "ޕާޓީ އަށާއި އަޅުގަނޑުމެން އެންމެނަށް ލިބުނު އިތުރު ހިތްވަރެއް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޫސާ މަނިކުގެ މެމްބަޝިޕް ފޯމް އެމްޑީޕީގެ ޗެއާޕާސަންގެ ގޮތުގައި ހުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ ހަވާލު ކުރުއްވި ފޮޓޯ ޝެއާ ކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓްގައި ރައީސް ސޯލިހު ވިދާޅުވީ މޫސަ އަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ.

މޫސާ މަނިކު އެމްޑީޕީއާ އަލުން ގުޅިވަޑައިގަނެ، މެމްބަޝިޕް ފޯމް ހަވާލުކުރީ ރައީސްގެ ރަސްމީގެކޮޅު މުލިއާގޭގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ.

ދެހާސް ފަނަރަ ވަނަ އަހަރު މޫސާ މަނިކު އެމްޑީޕީން ވަކިކުރީ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ތަކުރާރުކޮށް ވޯޓު ދެއްވުމުންނެވެ.

އޭނާގެ މައްސަލަ ފުރަތަމަ ބަލަން ފެށީ، އެމްޑީޕީގެ 2014 ވަނަ އަހަރު އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ވޯޓު ލީ ދުވަހު މަޖިލީހަށް ވަޑައިނުގަތުމުންނެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމާއި ހިޔާލުފާޅުކުރުން ތަޅުއަރުވާފައި އޮތް ދުވަސްވަރު އިސްލާހީ ހަރަކާތްތައް ހިންގުމުގައި އިސްކޮޅު އުޅުއްވި މޫސާ މަނިކަކީ އެމްޑީޕީ އުފެއްދުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރެއްގައި މެމްބަރުކަން ކުރެއްވި މޫސާ މަނިކު އެމްޑީޕީން ވަކި ކުރުމާއެކު ޕާޓީއަކާ ނުގުޅި ގިނަ ދުވަސްތަކެއް ވުމަށް ފަހު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްއާ ގުޅިވަޑައިގަތެވެ. ނަމަވެސް 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްގެ ހަރަކާތެއްގައި އޭނާ ބައިވެރިވެވަޑައި ނުގަންނަވަ އެވެ.

އިންތިހާބަށް ފަހު ފެނިގެން ދިޔައީ ރައީސް ރައީސް ސޯލިހާ ގާތްގުޅުމެއް އޮތް ބޭފުޅެއްގެ ގޮތުގަ އެވެ. އަދި އެމްޑީޕީގައި އޮތް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ފާޑުވިދާޅުވެ މޫސާ މަނިކު އަބަދުވެސް ވާހަކ ދައްކަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނޮވެމްބަރު 3 ގައި ދިން ކަހަލަ ހަމަލާއެއް މިހާރު ނުދެވޭނެ

ނޮވެމްބަރު 3 ގައި ދިން ފަދަ އުދުވާނީ ހަމަލާއެއް މިހާރު ނުދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަރުކާރުން ވ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ޑްރޯންތަކާއި އުޅަނދުފަހަރު ފަދަ ޒަމާނީ ވަސީލަތްތައް ހޯދައި ސިފައިންގެ ގާބިލުކަން އިތުރުކޮށްފަ.

މެލޭޝިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ޒުވާނަކު މަރުވެއްޖެ

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އެ ގައުމުގައި ކިޔަވަމުން ދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފަ. އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ މި ޒުވާނާ މަރުވި ހާދިސާގެ އިތުރު ތަފްސީލު އަދި ސާފެއް ނުވޭ.

ފުލުހުންގެ އާ ތަރުޖަމާނަކަށް ކުރީގެ ތަރުޖަމާނު ޝިޔާމް

ފުލުހުންގެ އާ ތަރުޖަމާނަކަށް، 12 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ވަޒީފާ ލިބުނު އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު އައްޔަންކޮށްފި. މިއީ މި ސަރުކާރުގެ ދައުރުގައި ފުލުހުންގެ ތަރުޖަމާނުގެ މަގާމަށް އައްޔަންކުރި ތިންވަނަ ފަރާތް.

ވިލާ ކޮލެޖުން 54 ދަރިވަރަކަށް އެވޯޑު އަރުވައިފި

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން އެންމެ މަތީ ވަނަތައް ހޯދި 54 ދަރިވަރަކަށް "ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026" ގައި އެވޯޑު ހަވާލުކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވި މި ހަފްލާގައި، ވިލާ ކޮލެޖުން ބައިނަލްއަޤްވާމީ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތާއި އެތަނުން ތަމްރީނުވި ދަސްވެނިންގެ ޚިދުމަތް ފާހަގަކުރެއްވިއެވެ.

ފައިގަައި ޑްރަގު ބަނދެގެން އުފުލަން އުޅުމުން 50 އަހަރުގެ ހުކުމެއް

ފައިގެ ފަލަމަސްގަނޑުގައި މަސްތުވާތަކެތި ބަނދެގެން އުފުލި މީހަކަށް ދެ ބާވަތެއްގެ ޑްރަގު ޓްރެފިކުކުރުމުގެ ދައުވާ ސާބިތުވެ 50 އަހަރަށް ޖަލަށްލައި ދެލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި. އޭނާ ހައްޔަރުކުރީ ވައިގެ މަގުން ދަތުރުކުރަން އުޅެނިކޮށް ބޮޑީ ސްކޭނަރުން މަސްތުވާތަކެތި ފެނިގެން.

"މުސްލިމު ނޫން ބަޔަކަށް ދާއިމަށް ބިން ދިނުން ނުރައްކާތެރި"

ދިވެހި ރައްޔިތުކަން ނެތް މުސްލިމު ނޫން ބަޔަކަށް ރާއްޖެއިން ދާއިމަށް ބިން ދިނުމަކީ ފަލަސްތީނަށް ދިމާވި ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މިގޮތަށް ބިން ދިނުމުން ބޭރުގެ ނުފޫޒުތައް ވަދެ، ރާއްޖޭގެ ގާނޫނުތަކާއި ދީނީ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ބިރު އެބައޮތް.

"ސަރުކާރުން ކަންތައް ކުރަނީ ދީން ދައްކައިގެން، ދީނާ ހިލާފަށް"

"ދީން ހަތިޔާރަކަށް ހަދައިގެން، އަޅުގަނޑުމެންގެ ޒުވާނުންގެ ހިތުން އީމާންކަމާއި އަގީދާ ގެއްލިގެންމިދަނީ ވަކި މިންވަރަކަށް ނޫން. އަޅުގަނޑުމެން ދީން ދެކެ ލޯބިވާ ކޮންމެ މީހަކު ކަންބޮޑުވާންޖެހޭ ކަމެއް. ދީނުގައި އޮންނަ ގޮތާ ހިލާފަށް ދީން ދައްކައިގެން ކަންކަން ކުރަމުން އެ ދަނީ،" ފައްޔާޒް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox